logo
MPL

MPL

ކުޅިވަރު

ޗެލްސީ ކޮންފަރެންސް ލީގުގެ ސެމީއަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
18 އޭޕްރީލު 2025 - 06:10
ޗެލްސީގެ ޓީމު ހާފްޓައިމްގައި. ފޮޓޯ؛ ޗެލްސީ
ޗެލްސީގެ ޓީމު ހާފްޓައިމްގައި. ފޮޓޯ؛ ޗެލްސީ

ޔޫއެފާ ކޮންފަރެންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ޕޮލެންޑްގެ ލެގިއާ އާއި ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވި ނަމަވެސް، 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޗެލްސީން ވަނީ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މި މެޗުގައި ލެގިއާއިން ލީޑުނެގީ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ތޯމަން ޕެކްހާޓްއެވެ. ނަމަވެސް 33 ވަނަ މިނެޓުގައި ޖޭޑަން ސަންޗޯގެ ޕާހަކުން މާކް ކުކުރެޔާ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް މިނެޓު ފަހުން ސްޓީވް ކަޕުއާޑީ ޖެހި ލަނޑުން ލެގިއާއިން މި މެޗު ކާމިޔާބުކުރި ނަމަވެސް، ފުރަތަމަ ލެގުގައި 3-0 އިން މޮޅުވެފައިވާތީ ޗެލްސީއަށް ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ 2021 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކުރުމަށް މަސައްކަތްކުރަމުންދާ ޗެލްސީއަށް ލިބިގެންދިޔަ މުހިންމު ފުރުސަތެކެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ޗެލްސީ ކުޅޭނީ ސްވިޑަންގެ ޖާރގާޑަން އާ ދެކޮޅަށެވެ. ޖާރގާޑަން ސެމީ ފައިނަލަށް ގޮސްފައިވަނީ ރެޕިޑް ވިއެނާ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިނަމަ، ކުރިއަށް އޮތް ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގައެއް އެ ޓީމަށް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 7 ދުވަސް ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 9 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 14 ދުވަސް ކުރިންބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | މަހެއް ކުރިން