logo
MPL

MPL

ކުޅިވަރު

ޓޮޓްނަމް ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
18 އޭޕްރީލު 2025 - 06:24
މެޗަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޓޮޓްނަމް
މެޗަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޓޮޓްނަމް

ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި އެއިންޓްރެކްޓް ފްރެންކްފަޓް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، ޓޮޓްނަމް ހޮޓްސްޕަރ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ދެ މެޗުގެ އެގްރިގޭޓް ނަތީޖާއަކީ 2-1 އެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހުނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެއީ ފްރެންކްފަޓްގެ ގޯލްކީޕަރު ކައުއާ ސަންޓޯސް، ޖޭމްސް މެޑިސަން އަށް ކުރި ފައުލަކާ ގުޅިގެން ޓޮޓްނަމް އަށް ލިބުނު ޕެނަލްޓީއެކެވެ. ވީއޭއާރު ގެ އެހީގައި ރެފްރީ ނިންމުން ބަދަލުކުރުމަށްފަހު ދިން މި ޕެނަލްޓީ ގޯލަކަށް ބަދަލުކުރީ ޑޮމިނިކް ސޮލާންކޭ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލަނޑަށްފަހު ޓޮޓްނަމްގެ ކުޅުންތެރިން ކުޅެފައިވަނީ ޑިފެންސިވް ސްޓައިލެއްގައެވެ. އެގޮތުން އެ ޓީމުން ބޮޑަށް އިސްކަންދީފައިވަނީ ކައުންޓަރ އެޓޭކްތަކުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރުމަށެވެ. މެޗުގެ ދެވަނަ ހާފުގައި ޓޮޓްނަމް އަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ކްރިސްޓިއަން ރޮމޭރޯ އާއި ރޮޑްރިގޯ ބެންޓަންކޫރު އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ސެމީގައި ޓޮޓްނަމް ވާދަކުރަން ޖެހޭނީ ނޯވޭގެ ބޯޑޯ ގްލިމްޓް އާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލުން ޓޮޓްނަމް ބޮޑު ބައްޔަލުން ބަލިކޮށް ކަޕުގެ ފުރަތަމަ ބުރުން މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | މަހެއް ކުރިންޗާލްޓަން ބަލިކޮށް ޓޮޓްނަމް އީއެފްއެލް ކަޕުގެ ތިންވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިންމެންޗެސްޓަރ ސީޓީގެ ސަވީނިއޯ އާއި މަރުމޫޝް ޓޮޓްަނަމް އަށްކުޅިވަރު | 2 މަސް ކުރިން300 މިލިޔަން ޑޮލަރު ހޭދަކޮށްވެސް ޗޮކުން، ޓޮޓްނަމް ފުރަތަމަ މެޗުވެސް ބްރެންޓްފޯޑް އަތުން ބޮޑު ބައްޔެއްކުޅިވަރު | 2 މަސް ކުރިން