logo
ޚަބަރު

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި އޮންނާނެ

ސިފައިންގެ ޕެރޭޑެއް
ސިފައިންގެ ޕެރޭޑެއް

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި އޮންނާނެއެވެ.

 މާދަމާ ހަވީރު 16:15ގައި ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެއެވެ. އަދި، ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ، އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައްދޫން ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު ލައްގާފައި އޮއްވައި ފެނިއްޖެޚަބަރު | 2 މަސް ކުރިންޒަކަރިއްޔާ ދަތުރުކުރި ޑިންގީ، ކަނޑުގެ އަޑިން ފެނިއްޖެޚަބަރު | 2 މަސް ކުރިންސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި އޮންނާނެޚަބަރު | 5 މަސް ކުރިންމިއަދުގެ އަލިފާނުގެ ޙާދިސާގައި 37 މީހުން ހާލުގައި ޖެހިފައިވޭޚަބަރު | އަހަރެއް ކުރިން