logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަމީލު ވަނީ އިސްލާމް ދީނާއި ކީރިތި ޤުރުއާން ކުޑައީމިސްކޮށްފައި: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޭޕްރީލު 2025 - 16:42
ޖަމީލު ވަނީ އިސްލާމް ދީނާއި ކީރިތި ޤުރުއާން ކުޑައީމިސްކޮށްފައި: މުހައްމަދު އިސްމާއީލް

ކުރީގެ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ސިޔާސީ ހަތިޔާރަށް ދީން ހައްދަވާތީ، ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އޭނާ އަށް ނަސޭހަތްތެރިވެއްޖެއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވި ގޮތުގައި، ޑރ. ޖަމީލް ވަނީ ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ހައްދަވާފައެވެ. އޭނާ ވަނީ، "ޤުރުއާނާއި ރަސޫލާﷺ ޙަދީޘް އަކީ ސަކަރާތް ޖަހަން ރިފަރެންސް ހަދާ، އޭގެ މާނަ އަމިއްލަ ސަކަ ނިވައިފަތްގަނޑަކަށް ބޭނުން ކުރާކަހަލަ އެއްޗެއްތޯ؟"ޖަމީލާއި ސުވާލު ކުރަށްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ، ޝިރުކަކީ ކުޑަކަމެއް ނޫން ކަމަށާއި، ތައުބާ ނުވެ ހުއްޓައި މަރުވެއްޖެނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ޑރ. ޖަމީލްގެ ވާހަކަފުޅުތަކަކީ ފިކުރުކޮށްލުމެއް ނެތި ދެއްކެވި ވާހަކަފުޅުތަކެއްތޯ ސުވާލު އުފައްދަވާފައިވެއެވެ.

މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވެފައިވަނީ، "އަޅުގަނޑަށް މިކަމުގައި އިނގޭ ގޮތަކީ ހިސާބު ނިންމަވާނީ ﷲ سبحانه و تعالى ކަން، އަހުރުން ކަހަލަ ނިކަމެތި އިންސާނުން ނޫންކަމެވެ." މިފަދައިންނެވެ. އަދި ސިޔާސީ ބޭނުމަށް ދީން ބޭނުންނުކުރުމަށް ޑރ. ޖަމީލަށް ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހްމަދު، ކުރީގެ ރައީސް ޔާމީންގެ ކޮޓަރި ޖަލްސާގައި ދަނީ ކޮންމެވެސް ޖަޒުބާތެއް ބަންޑުން ކުރައްވަމުންނެވެ. މި ބަންޑުންކުރެއްވުމުގައި ކިޔާ ނުކިޔޭ އެއްޗެއް ނޭނގޭ ހާލަތަށް ވެސް ދެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މުހަައްމަދު އިސްމާއީލްޚަބަރު | 2 މަސް ކުރިންދިވެހިންނަށާއި ގައުމަށް އެންމެ ބޮޑުގެއްލުމެއްދިނީ އެމްޑީޕީގެ ވެރިކަންތަކުގައި: މުހައްމަދު އިސްމާއީލްޚަބަރު | 2 މަސް ކުރިން''ޖަމީލަކީ ބޯވައެއް'': މުހައްމަދު އިސްމާއީލްޚަބަރު | 3 މަސް ކުރިންމި ސަރުކާރުން އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނެ: މުހައްމަދު އިސްމާއީލްޚަބަރު | 3 މަސް ކުރިން