logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، ޝައިޚް އިސްމާއިލްއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޭޕްރީލު 2025 - 02:46
ރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، ޝައިޚް އިސްމާއިލްއަށް

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، މާފަންނު ތައިބާ، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ.

މި ޝަރަފު އެމަނިކުފާނަށް އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢިލްގެ ޢިލްމީ ދަތުރު ފެށުނީ ފ. މަގޫދޫގައެވެ. އޭގެފަހުން މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އިންޑިއާގެ ޓެމިލްނާޑޫގެ ޖާމިޔާ ދާރުއްސަލާމްއާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި މަތީ ތަޢުލީމު ހާސިލުކުރެއްވިއެވެ. ޝައިޚް އިސްމާޢިލްއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ.

ޝައިޚް އިސްމާޢިލްގެ އެހީތެރިކަމާއެކު 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. އަދި މާލޭގައި މަދްރަސާ ޠައިބާގެ ނަމުގައި މަދަރުސާއެއް އުފައްދަވައި، ދިވެހި ކުދިންނަށް ޢަރަބި ބަހުން އިސްލާމްދީން އުނގަންނައިދެއްވާފައިވެއެވެ.

ޝައިޚް އިސްމާޢިލްވަނީ ގާޒީއެއްގެ ގޮތުގައި ޝަރަފުވެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. މިހާތަނަށް 40 ފޮތް ޝާއިޢުކުރައްވާފައިވާއިރު، މިހާރުވެސް "އައް ތަފްސީރު މުޔައްސަރު" ގެ ދިވެހި ތަރުޖަމާ ލިޔުއްވަމުން ގެންދަވައެވެ.

ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ޢިލްމު ފެތުރުއްވުމުގައި ޚިދުމަތްކުރައްވާފައިވާ ޝައިޚް އިސްމާޢިލްއަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ އެމަނިކުފާނުގެ ޢިލްމީ އަދި އިޖްތިމާޢީ ޚިދުމަތްތަކަށް ލިބުނު ބޮޑު ޝަރަފެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮނަދޫ އައިޔޫއެމް ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި ޚަބަރު | ދުވަހެއް ކުރިންއައިޔޫއެމްގެ ކުރީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރ އަށް ދައުވާ ކުރަން ފޮނުވައިފިޚަބަރު | 6 މަސް ކުރިންރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، ޝައިޚް އިސްމާއިލްއަށްޚަބަރު | 6 މަސް ކުރިންއައިޔޫއެމްގެ ސަނާބިލް ޢިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސް ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 6 މަސް ކުރިން