logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެތްލެޓިކޯ ރެލިގޭޝަނުގައި އޮލް ލަސްޕަލްމާސް ދަށުވެއްޖެ

އަބްދުﷲ ޣާނިމް
20 އޭޕްރީލު 2025 - 03:07
އެތްލެޓިކޯ މިބައްޔާއެކު ޓީމަށްވަނީ ސިހުން ގެނުވާފައި
އެތްލެޓިކޯ މިބައްޔާއެކު ޓީމަށްވަނީ ސިހުން ގެނުވާފައި

ރެލިގޭޝަން ޒޯނުގައި އޮތް ލާސް ޕަލްމާސް އިން އެޓްލެޓިކޯ މެޑްރިޑްގެ ލަލީގާގައި ސިހުން ގެނުވައިފިއެވެ. އެގޮތުން މިމެޗުގައި ލަސްޕަލްމާސްގެ ޖަވީ މުނޯޒްގެ އިތުރު ވަގުތުގެ ގޯލަކުން 1-0 އިން ފަހުގަޑީގައި އެތްލެޓިކޯ މެޑްރިޑް ވަނީ ބަލިވެފައެވެ.

މި މޮޅާއެކު ލަސް ޕަލްމާސް ވަނީ 32 ޕޮއިންޓާއެކު ވަގުތީ ގޮތުން ރެލިގޭޝަން ޒޯނުން ސަލާމަތްވެ، 17 ވަނަ ހިސާބަށް އަރާފައެވެ. އެޓްލެޓިކޯ މެޑްރިޑް މިހާރު އޮތީ 63 ޕޮއިންޓާއެކު ތިން ވަނައިގައެވެ. އެއީ ދެވަނައިގައި އޮތް ރެއަލް މެޑްރިޑަށްވުރެ ތިން ޕޮއިންޓް މަދުންނެވެ. އަދި އެއީ އެއްވަނައިގައިވާ ބާސެލޯނާއަށްވުރެ 10 ޕޮއިންޓް މަދުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ގިނަ ވަގުތު ދިޔައީ ދެ ޓީމުގެ މެދުގައި ވާދަވެރި ކުޅުމެއް ނުފެނި، ދެފަރާތުންވެސް މާގިނަ ހަމަލާތަކެއް ފެނިފައި ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގެ ފަހު މިނެޓުގައި، ލަސް ޕަލްމާސްގެ ގޯލްކީޕަރު ދިންކޯ ހޯކަސް ނެގި ދުރު ފްރީކިކަކަށް އެޓްލެޓިކޯގެ ޑިފެންސުން އެކަށީގެންވާ ރައްދެއް ނުދެވުމުން، މުނޯޒް ވޮލީއެއް ޖަހައި ގޯލްކީޕަރު ޔަން އޮބްލަކްގެ ދަށުން ބޯޅަ ވައްދާލިއެވެ.

މި ގޯލް ފުރަތަމަ އޮފްސައިޑްގެ ސަބަބުން ބާތިލުކުރި ނަމަވެސް، ވީއޭއާރު ރިވިއުއަކަށް ފަހު ވަނީ ގޯލް ދީފައެވެ.

އެޓްލެޓިކޯ މެޑްރިޑް މި މެޗަށް ނިކުތްއިރު ވޭތުވެދިޔަ 11 މެޗުގައި މެދުކެނޑުމެއް ނެތި ގޯލު ކާމިޔާބުކޮށްފައިވާ އިރު، އޭގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ފަސް މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލްވަރޭޒްގެ ހުވަފެނީ މަންޒިލަށް ދެވޭނެ އެއްވެސް ގޮތެއްނެތް! އާސެނަލް އަށް ދިޔުމަށް ތައްޔާރުކުޅިވަރު | 13 ދުވަސް ކުރިންބާސާއާއި އެތްލެޓިކޯ މޫނުމަތީގައި ބޮޑު ތަފާލެއް ޖެހުމަށްފަހު ބާނާޑޯ ސިލްވާ ކުއްލިގޮތަކަށް ރެއާލް މެޑްރިޑުން ސޮއިކޮށްފިކުޅިވަރު | 3 މަސް ކުރިންފަބްރީޒިއޯގެ ޕްރޮޕެގެންޑާ ބޭނުންކޮށްގެން ބާސާއިންކުރަން އުޅުނު ޓްރާންސްފާ ފަޅާ އަރުވާލައި އެތްލެޓީކޯ ރަތަށްކުޅިވަރު | 3 މަސް ކުރިންބާސެލޯނާއަށް ބަދަލުވި މައްސަލައިގައި ގްރީޒްމަން އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެކުޅިވަރު | 4 މަސް ކުރިން