logo
Bank of Maldives

Bank of Maldives

ޚަބަރު

މުދަލުގެ ޒަކާތުގެ ގޮތުގައި ދައުލަތަށް 73.8 މިލިޔަން ރުފިޔާ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
15 ސެޕްޓެމްބަރު 2024 - 14:58
މުދަލުގެ ޒަކާތުގެ ގޮތުގައި ދައުލަތަށް 73.8 މިލިޔަން ރުފިޔާ

މުދަލު ޒަކާތުގެގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް 73.8 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބިފައިވާ އަދަދުވަނީ %9.8 އިތުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ވަނީ ވަނީ 73.8 ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މިހާތަނަށް ލިބިފައިވަނީ 6.7 ރުފިޔާ އެވެ.

މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ ގިނަ ރުފިޔާ ލިބިފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ. ޖުލައި މަހު ވަނީ 5 މިލިއަން ރުފިޔާ ލިބިފައެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް 73.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ބޮލަކަށް 4000 ރުފިޔާ ބަހާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ވަނީ އާއަމުކޮށްފައެވެ. މިދިޔަ އަހަރު ބޮލަކަށް ބަހާފައިވަނީ 3500 ރުފިޔާއެވެ.

މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާ ގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރުކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް، ބޮލަކަށް 4000 ރުފިޔާ ޒަކާތުގެ ގޮތުގައި ބަހާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

މީގެ ކުރިނަ މުދަލުގެ ޒަކާތް ބަލައިގަންނަމުން އަންނަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެހެން ނަމަވެސް މިހާރު ޒަކާތް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަލުވިކޮށް ހަރުދަނާ ކުރަނީ ޚަބަރު | 2 މަސް ކުރިންއާމްދަނީ 6.9 އިންސައްތަ މައްޗަށް ގޮސް، ގްރީން ޓެކްސް ދެ ގުނަ އިތުރުވެއްޖެޚަބަރު | 5 މަސް ކުރިންއެއާޕޯޓް ޓެކްސް އާމްދަނީ އިތުރުވެއްޖެ ޚަބަރު | 7 މަސް ކުރިންޑޮލަރުން ލިބުނު އާމްދަނީ ބިލއަނަކަށް ވުރެ މައްޗަށް ޚަބަރު | 8 މަސް ކުރިން