logo
ކުޅިވަރު

އިންޓަރ ބަލިވުމާއެކު ލީގުގައި ތާރީޚީ ފައިނަލެއް ފެނުމުގެ ފުރުސަތު

އަބްދުﷲ ޣާނިމް
21 އޭޕްރީލު 2025 - 04:22
އިންޓަރ އާއި ބޮލޯނިޔާ ވާޑަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިންޓަރ
އިންޓަރ އާއި ބޮލޯނިޔާ ވާޑަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިންޓަރ

އިޓާލިއަން ސެރީއާގެ އެއްވަނައިގައި އޮތް އިންޓަރ މިލާން ރޭގައި ބޮލޯނާ އަތުން ބަލިވެ، ދެވަނައިގައި އޮތް ނަޕޮލީ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައެވެ. ލީގުގައި ބާކީ ހަތަރުމެޗު ދެޓީމަށްވެސް އޮތްއިރު، ލީގު ނިމޭއިރު އެއްވަނަ އަދި ދެވަނަ ޓީމު ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެއްޖެނަމަ، ޗެންޕިއަންޓީމެއް ކަނޑައަޅާނީ އެދެޓީމު ދެމެދުގައި އެއް ލެގުގެ ފައިނަލެއް ކުޅެގެންނެވެ.

ރޭގައި އިންޓަރ މިލާން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބޮލޯނާގެ ރިކާޑޯ އޮރްސޮލީނާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުން އިންޓަރ މިލާން ބަލިވުމާއެކު، ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ފަރަގެއް ހޯދުމަށް އެ ޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މިހާރު އިންޓަރ މިލާނާއި ނަޕޮލީއަށް ވަނީ 71 ޕޮއިންޓް ލިބިފައެވެ. ނަމަވެސް އިންޓަރ މިލާން އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ސިމޮން އިންޒާގީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިންޓަރ މިލާންގެ ފޯމް ވަނީ ފަހަކަށް އައިސް ދަށްވެފައެވެ. އެގޮތުން ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާ އިންޓަރ މިލާނުން މި ސީޒަނުގައި މަސައްކަތް ކުރަމުންދަނީ ތިން މުބާރާތް (ޓްރެބްލް) ކާމިޔާބު ކުރުމަށެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގާއި، އިޓާލިއަން ސެރިއާ އަދި އިޓާލިއަން ކަޕެވެ.

އަނެއްކޮޅުން މި މެޗުން މޮޅުވި ބޮލޯނާއިން މަސައްކަތް ކުރަމުންދަނީ ގަދަ ހަތަރެއްގައި ހިމެނި، އަންނަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށެވެ. މި މޮޅާއެކު އެ ޓީމުގެ އުންމީދުތައް އިތުރަށް ވަނީ ފުރިހަމަވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިންފަހުވަގުތު ރެޑް ޑައިމަންޑް އަތުން މޮޅުވެ، އިންޓަރ ދެވަނަ ބުރުގެ އުއްމީދުތައް އައުކޮށްފިކުޅިވަރު | 2 މަސް ކުރިންއިންޓަރ މިލާންގެ އައު ކޯޗަކަށް ކްރިސްޓިއަން ޗިވޫ އައްޔަންކޮށްފިކުޅިވަރު | 3 މަސް ކުރިންއިންޓަރ ހަމަބިމަށް ތިރިކޮށް ޕީއެސްޖީގެ ތާޜީހުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންސްލީގު ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިން