logo
Bank of Maldives

Bank of Maldives

ޚަބަރު

ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ޙައްޤު

އާމިނަތު ޝަފާ
21 އޭޕްރީލު 2025 - 04:45
ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ޙައްޤު

ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާ ބުރަ މަސައްކަތްޕުޅަކީ ޝުކުރު ހައްުގު މަސައްކަތްޕުޅެއްކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

 ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ދުވަހުގެ ތަހުނިޔާ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށާއި ސިފައިންގެ ލީޑަރޝިޕަށާއި ހިތްވަރުގަދަ ދިވެހި ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް ވިދާޅުވެފައެވެ.

ވަޒީރު އިތުރަށް ވަނީ ދިފާއީ ބާރުގެ އަސްކަރީ ގާބިލްކަން އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި ދިވެހި ސިފައިންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް ހޯއްދަވައިދެއްވޭނެކަމުގެ ޔަޤީންކަން  ރައީސް ވަނީ ނަސްރުގެ ދުވަހު ބޭއްވި ހާއްސަ ޖަލްސާގައި ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާކަމަށާއި ޒަމާނީ ފެންވަރަށް ޢަސްކަރީ ޚިދުމަތް ގެންދިއުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާކަން ހާމަކުރައްވާފައެވެ.

އެގޮތުން އެއާކޯ ޤާއިމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫ.އޭ.ވީތައް ގެންނަވައި، ޤައުމުގެ އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެފަދަ ޤާބިލުކަން ސިފައިންގެ ކިބައިގައި ޤާއިމުކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޯސްޓްގާޑް ޑަބަލްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ދެ ގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައިކަމަށާއި ކަނޑުއޮށްގިރި ވެސް މިހާރުވަނީ ކޯސްޓްގާޑާ ހާވާލުކުރެވިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ އެ ޖަލްސާގައި ވިދާޅުވިއެވެ.

ހަމަ އެއާއެކީގައި ކުރިއަށްއޮތްތާނގައި މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރަށްވެސް ވަރަށް ގިނަ މަސައްކަތްތައް ދިވެހި ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު އެ ޖަލްސާގައި ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮފުޅުކަމަށް ދެއްކެން ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު ބޮޑުކުރި، ނަމަވެސް ފައިސާ ނުދެވުނު: ޝުޖާއުޚަބަރު | 19 ގަޑިއިރު ކުރިންހަގީގަތް އޮޅޭގޮތަށް ވާހަކަ 'ޓްވިސްޓް' ކުރަން މަސައްކަތް ނުކުރައްވާ: މިނިސްޓަރު ސައީދުޚަބަރު | 2 ދުވަސް ކުރިންއަސާސީ ބޭނުންތަކަށް ތަކެތި ގެނައުމަށް ޑޮލަރު ވިއްކި މިންވަރު ފުރަތަމަ ކުއާޓަރުގައި %142 އިތުރުވެއްޖެޚަބަރު | 2 ދުވަސް ކުރިންރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީޚަބަރު | 2 ދުވަސް ކުރިން