logo
MPL

MPL

ޚަބަރު

ސަރުކާރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އަޕްޑޭޓް ހިއްސާކުރުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 އޭޕްރީލު 2025 - 13:27
ސަރުކާރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އަޕްޑޭޓް ހިއްސާކުރުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް

ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އަދާހަމަތައް ހިއްސާކޮށް މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ޚާއްސަ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ވަޒީރުންގެ އިތުރުން، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އިސްވެރިން ބައިވެރިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ސަރުކާރުން ހިންގާ މަޝްރޫޢުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތަރީޚްތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން ހާމަކުރައްވާފައެވެ.

އަދި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވީހާ ވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުށް ފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށް ވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ސަރުކާރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ މަޝްވަރާއަށް އެފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު، މި ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކަނި ވެސް 39 ބިލިއަން ރުފިޔާގެ މަޝްރޫޢުގައި ސޮއިކޮށް، މިހާރު ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިން10 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ލީޑަރަކު ޕާކިސްތާނަށް: ރައީސްގެ ދަތުރުފުޅު މިމަހުގެ 20 ގައި!ޚަބަރު | 2 ދުވަސް ކުރިންހުޅުމާލޭގެ 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން 30 ބިލިއަން ރުޕީސްގެ ސްވަޕް އަނބުރާ ދެއްކުން އިންޑިއާއިން ފަސްކޮށްދީފިޚަބަރު | 4 ދުވަސް ކުރިން