އަންހެން މީހާ ކޮށްޕާލީ ނޫންކަމުގައި ފުލުހުން ބުނެފި

.jpg&w=3840&q=75)
22 އޭޕްރީލު 2025 - 19:29
މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުޤީގަށް ޔަގީންވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
އާންމުކޮށް ހުޅުވައިނުލާ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނީ، 21 އަހަރުގެ ހައްވާ ޔުމްނާ ކަމަށެވެ. އޭނާ ވެއްޓުނީ ހ. ފެންޓޮނިއާ ގޭގެ 9 ވަނަ ފަންގިފިލާއިން، އެގެއާ އިންވެގެން ހުރި ހ. މިޓޯމާ ގޭގެ ފުރާޅު މައްޗަށެވެ.
އެއީ ގާތްގަޑަކަށް ދެވަނަ ފަންގިފިލާއެވެ.
ފުލުހުން ބުނި ގޮތުގައި، އެ ހާދިސާ ހިނގިއިރު އޭނާ އާއެކު 21 އަހަރުގެ ފިރިހެނަކު އެ ގޭގައި ހުއްޓެވެ. އެހެން ނަމަވެސް އެ ފިރިހެން މީހާ ހުރީ އެ ގޭގެ 8 ވަނަ ފަންގިފިލާގައި ކަން ފުލުހުން ދެއްކި ސީސީޓީވީ ފޫޓޭޖް އިން ފެނެއެވެ. އެހެންކަމުން ފުލުހުން ބުނި ގޮތުގައި، ޔުމްނާ ވެއްޓުނުއިރު، އިތުރު މީހެއްގެ ބައިވެރިވުމެއް ހިމެނިފައިނުވާ ކަން ޔަގީންކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދެއްކި ސީސީޓީވީ ފޫޓޭޖް އިން ފެންނަ ގޮތުގައި އޭނާ ވެއްޓުނީ އެރޭ ފަތިހު، 04:52 ހާއިރުއެވެ.
މީގެ އިތުރުން މިރޭގެ ބައްދަލުވުމުގައި ފުލުހުން ކިޔައިދިން ގޮތުގައި، އެރޭ ދަންވަރު 12 ޖަހާކަށްހާއިރު 8 މީހަކު، މާލޭގެ މެދުގައި ހުރި ގެއަކަށް ވަދެއެވެ. އޭގެ ތެރޭގައި ޔުމްނާ އަދި އޭނާގެ ގާތުގައި ހުރި 21 އަހަރުގެ ޒުވާނާ ވެސް ހިމެނޭ ކަމުގައި ފުލުހުން ބުންޏެވެ.
އަދި އެ ގެއަށް ވަތް 8 މީހުންގެ ތެރެއިން 4 މީހަކު، އެރޭ ދަންވަރު 12:30 ހާއިރު އެގެއިން ނުކުމެ، އަމީނީ މަގުގައި ގެއަކަށް ވަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
9 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
8 މަސް ކުރިން