logo
MPL

MPL

ޚަބަރު

ފަސް މަސްތެރޭ މަސްވެރިންނަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފިން: ޝިޔާމް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޭޕްރީލު 2025 - 12:11
ފަސް މަސްތެރޭ މަސްވެރިންނަށް  1.6 ބިލިއަން ރުފިޔާ ދޫކޮށްފިން: ޝިޔާމް

ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރޭ ޕީއެންސީގެ ޖަހަގައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބަދަލު ކުރީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު، 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދައްކަން އޮތް ކަމަށާއި އެ ފައިސާ މަސްވެރިންނަށް ދައްކާ ނިންމީ މި ސަރުކާރުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 1.6 ބިލިއަން ރުފިޔާ މަސްވެރިންނަށް ސަރުކާރުން ދީފައިވެ އެވެ. އަދި މިހާރު ވެސް މަސްވެރިންނަށް ފައިސާ ދޫކުރުން ކުރިއަށްދާ ކަމަށާއި، މިހާތަނަށް 500 މިލިއަން ރުފިޔާ ދައްކާ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިކަން ފެށިފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހަށްވެސް ނާންގާ ކަންކަން ކުރި ބޭފުޅުން މިއަދު 'ޤައުމޭ' ކިޔަސް ނިޔަތް ސާފު: ޝިޔާމްޚަބަރު | ގަޑިއިރެއް ކުރިންގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް: ވަޒީރު ޝިޔާމްޚަބަރު | މަހެއް ކުރިންލޮނުފެނުން އައިސް އުފައްދާ ނިޒާމު ދޯނިފަހަރުގައި ހަރުކުރުމުން މަސްވެރިން ތެލަށް ކުރާ ހަރަދު ކުޑަވާނެ: ޝިޔާމްޚަބަރު | މަހެއް ކުރިންމަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް އިންވެސްޓަރުންނަށް ދެވެންހުރި ލުއިތައް ބަލަނީޚަބަރު | މަހެއް ކުރިން