logo
MPL

MPL

ކުޅިވަރު

އާރސެނަލް ސަޕޯޓަރުން ޗެންޕިއަންސް ލީގުގައި ބޭނުންކުރާ ޓީފޯ ހުއްޓުވައިފި

އަބްދުﷲ ޣާނިމް
25 އޭޕްރީލު 2025 - 05:59
ސަޕޯޓަރުން ބޭނުންކުރުމަށް ރޭވިފައިވާ 3 ޓީފޯ ގެ ކުރެހުމެއް
ސަޕޯޓަރުން ބޭނުންކުރުމަށް ރޭވިފައިވާ 3 ޓީފޯ ގެ ކުރެހުމެއް

އާރސެނަލް އަދި ޕީއެސްޖީ އާ ދެމެދު ކުޅެން ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުގައި ސަޕޯޓަރުން ބޭނުންކުރަން ރާވާފައިވާ ޓީފޯ ބޭނުންކުރުން ކްލަބުން ހުއްޓުވައިފިއެވެ.

މި މެޗަކީ އާރސެނަލްގެ ތާރީހުގައި ތިންވަނަ ފަހަރަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗެވެ. އަދި މި މުހިންމު މެޗުގައި ސަޕޯޓަރުން ބޭނުންކުރަން ރޭވި ޓީފޯ ހުއްޓުވާލުމުން ގިނަ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ މި މެޗުގައި ސަޕޯޓަރުން ބޭނުންކުރަން ރާވާފައިވާ ޓީފޯ ހުއްޓުވާލީ ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށް ކަމަށް ކްލަބުން މައުލޫމާތު ދީފައިވެއެވެ.

އާރސެނަލްގެ ސަޕޯޓަރުންގެ ގްރޫޕްތަކުން ބުނެފައިވަނީ މި ޓީފޯ އަކީ ކްލަބުގެ ތާރީހީ މި މެޗަށް ޚާއްސަކޮށް ތައްޔާރުކުރި އެއްޗެއް ކަމަށާއި، މިފަދަ މުހިންމު މެޗެއްގައި ޓީފޯ ބޭނުންކުރުން ހުއްޓުވާލުމަކީ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އާރސެނަލް އަދި ޕީއެސްޖީ ބައްދަލުކުރާއިރު، މި މެޗުގެ ކާމިޔާބު ޓީމު ފައިނަލްގައި ބައްދަލުކުރާނީ ބޮރޫސިއާ ޑޯޓްމަންޑް އަދި ޕީއެސްވީ އާ ދެމެދު ކުޅޭ މެޗުގެ ކާމިޔާބު ޓީމާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގު ނުލިބި އެތަކެއް ޒަމާންތަކެއް ވެފައިވާ ބާސެލޯނާގެ ދަނޑުގައި ޗެންޕިއަންސް ލީގުގެ ފައިނަލް ބާއްވަނީކުޅިވަރު | 20 ދުވަސް ކުރިންއުފެދުނުތާ ނުވަ އަހަރު ތެރޭ ސަބާހް އެފްކޭ އިސްރާއީލުގެ ހަޕޮއެލް ބަލިކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެ ތާރީޚުގެ ތެރެއަށްކުޅިވަރު | މަހެއް ކުރިން4 ލަނޑުގެ ލީޑެއް އޮއްވައި ފަހަތުން އަރައި ސެލްޓިކް ކަޓުވާލައި ލާސްކް ޗެންޕިއަންސް ލީގަށްކުޅިވަރު | މަހެއް ކުރިންދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 4 މަސް ކުރިން