logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސާފް ޗެންޕިއަންޝިޕް ފަސްކޮށްފި

އަބްދުﷲ ޣާނިމް
25 އޭޕްރީލު 2025 - 06:12
ނިމިދިޔަ ޑިސެމްބަރުގައި ބަންގްލަދޭޝްގެ ޑާކާ ގައި ކުޅުނު މެޗަށްފަހު ޤައުމީ ޓީމުގެ ކުޅުންތެރިން . ފޮޓޯ: ޤައުމީ ފުޓްބޯޅަ ޓީމު
ނިމިދިޔަ ޑިސެމްބަރުގައި ބަންގްލަދޭޝްގެ ޑާކާ ގައި ކުޅުނު މެޗަށްފަހު ޤައުމީ ޓީމުގެ ކުޅުންތެރިން . ފޮޓޯ: ޤައުމީ ފުޓްބޯޅަ ޓީމު

ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ (ސާފް) އިން ވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2026 ވަނަ އަހަރަށް ފަސްކޮށްފައެވެ. މި ނިންމުން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.

ސާފުން މައުލޫމާތު ދީފައިވާ ގޮތުގައި މުބާރާތް ފަސްކުރުމަށް ނިންމާފައިވަނީ މުބާރާތުގައި ބައިވެރިވާ ގައުމުތަކާއި މުބާރާތުގެ މާކެޓިން ޕާޓްނަރު ސްޕޯޓްސް ފައިވްއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. އަދި މުބާރާތް ފަސްކުރުމުގެ މައިގަނޑު މަގުސަދަކީ ރަނގަޅަށް ތައްޔާރުވެގެން ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

2026 ވަނަ އަހަރަކީ ފީފާ ވޯލްޑްކަޕް ބާއްވާ އަހަރަށް ވުމާއެކު، ސާފް ޗެމްޕިއަންޝިޕަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމަށް ބޭނުންވާކަމަށް ސާފުން ބުނެފައިވެއެވެ. މީގެ އިތުރުން މުބާރާތުގެ މާކެޓިން ޕާޓްނަރު ސްޕޯޓްސް ފައިވްއިން ބޮޑަށް ބާރުއަޅަނީ ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ކުޅުމަށެވެ.

މި އަހަރުގެ ކުރީކޮޅު މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނިކޮށް، ކުއްލި ގޮތަކަށް އެ ނިންމުން ބަދަލުކޮށް ޖޫން މަހު ސްރީލަންކާގައި މުބާރާތް ބޭއްވުމަށް ނިންމުމާ ގުޅިގެން މާކެޓިން ޕާޓްނަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް މުބާރާތް ފަސްކުރި ސަބަބެއްގެ ގޮތުގައި ނޭޕާލްގެ މީޑިއާތަކުން ތުހުމަތުކުރަނީ އިންޑިއާގެ ޕަހެލްގަމް ސްޓޭޓްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި މިހާތަނަށް ވަނީ 12 މުބާރާތް ބާއްވާފައިވާއިރު، ރާއްޖެއިން ވަނީ 2008 އާއި 2018 ގައި މި މުބާރާތް ކާމިޔާބުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ލަންކާއަށްކުޅިވަރު | 2 މަސް ކުރިންޤައުމީ ޓީމަށް ހިތުގައި އޮތް ޝުކުރު، ދިވެހިން ގަލޮޅު ދަނޑުން ދައްކާލައިފިކުޅިވަރު | 2 މަސް ކުރިންގައުމީ ޓީމުން ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރަނީކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓުބޯޅައަށް ދިރުމެއް، 7 އަހަރަށްފަހު ބައިނަލްއަގްވާމީ ޓްރޮފީއެއް، މަރުޙަބާ ޤައުމީ ޓީމްކުޅިވަރު | 2 މަސް ކުރިން