logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އަޅުގަނޑުގެ ދަރިއެއް ނޫން: މިނިސްޓަރު އިޤްބާލް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޭޕްރީލު 2025 - 10:26
 ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އަޅުގަނޑުގެ ދަރިއެއް ނޫން: މިނިސްޓަރު އިޤްބާލް

މީސް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އޭނާގެ ދަރިއެއްނޫން ކަމަށާއި، އެ ކުއްޖާއާއި ޢާއިލީ ގޮތުން ވެސް ގުޅުމެއް ނޯންނާނެކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިޤްބާލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ދައުރުވަމުން އަންނަ ފޮޓޯއަކާއި އޭނާއާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެކަން ސާފުކޮށްދެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން، އެ ރޭ ޔުމްނާއާއެކު އުޅުނު މީހުންގެ ތެރޭގައި ހިމެނޭ އައިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް/މާލެ އަކީ މިނިސްޓަރު އިޤްބާލްގެ ދަރިއެއްކަމަށް ބުނެ ބައެއް ފޭކް އެކައުންޓްތަކުން އެކްސްގައި ވާހަކަ ފަތުރަމުދާތީ، މިކަމާ ގުޅިގެން މިނިސްޓަރު އިޤްބާލް ވިދާޅުވެފައިވަނީ، "ދައުރުކުރަމުންދާ މި ފޮޓޯގައިވާ ލަޔާލަކީ އަޅުގަނޑުގެ ދަރިއެއް ނޫން. އަދި ލަޔާލަކީ އަޅުގަނޑުގެ ޢާއިލާއާ ގުޅުންހުރި ކުއްޖެއްވެސް ނޫން," ކަމަށެވެ.

މިފަދަ ބޮޑެތި ދޮގު ނުފެތުރުމަށް ވެސް މިނިސްޓަރު އިގްބާލް ވަނީ ގޮވާލައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފުވުމަކީ ބޮޑު ކުށެއް، ސާބިތުނުހިފޭ އިލްޒާމް އެޅުވުން ހުއްޓާލަންޖެހޭ: އިޤްބާލްޚަބަރު | 3 ގަޑިއިރު ކުރިން ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އަޅުގަނޑުގެ ދަރިއެއް ނޫން: މިނިސްޓަރު އިޤްބާލްޚަބަރު | އަހަރެއް ކުރިން