logo
ޚަބަރު

މުލީ އެއާޕޯޓުގެ މަސައްކަތް މިސަރުކާރުން ނިންމާލީ ރައީސް މި މަސައްކަތަށް ދެއްވި ސަމާލުކަމުން- މުބީން

ހުސައިން ވަސީމް
25 އޭޕްރީލު 2025 - 18:36
މުލީ އެއާޕޯޓުގެ މަސައްކަތް މިސަރުކާރުން ނިންމާލީ ރައީސް މި މަސައްކަތަށް ދެއްވި ސަމާލުކަމުން- މުބީން

ފިނިހަކަ ދުވެލީގައި ކުރީސަރުކާރުން ކުރިޔަށް ގެންދިޔަ މުލީ އެއާޕޯރޓްގެ މަސައްކަތް މި ސަރުކާރުން ނިންމާލީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަސައްކަތަށް ދެއްވި ސަމާލުކަމުގެ ސަބަބުން ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމާ މިއަދު ޓެސްޓު ފްލައިޓު ޖެއްސުމާ ގުޅިގެން މުބީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މެއި މަހުގެ. 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުލީ އެއާޕޯރޓް ހުޅުވައިދެއްވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

492705512_1181651927307539_27235618051788146_n (1).jpg

 

ހުއްޓެމުން، މަޑުޖެހެމުން، ފިނިހަކަ ދުވެލީގައި ކުރީސަރުކާރުން ކުރިޔަށް ގެންދިޔަ މުލީ އެއާޕޯރޓްގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލައި މިއަދު ޓެސްޓު ފުލައިޓް ޖެއްސުނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވެވި އިރުޝާދުފުޅާއި އެމަނިކުފާނު މި މަސައްކަތަށް ބެހެއްޓެވި ސަމާލުކަމެއްގެ ސަބަބުން. ކަމަށް މުބީން ވިދާޅުވި އެވެ.

492547318_1181702907302441_2537320166870431701_n.jpg

492412437_1181702903969108_6987571760032526658_n.jpg

އެމްޑީޕީގެ ސަރުކާރުން 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މުލީ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރު އައުމާ ހަމަޔަށްވެސް އޮތީ އެކި ސަބަބުތަކާ ހުރެ ކުރިއަށް ނުގޮސް މަޑުޖެހިފަ އެވެ.

މުލީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމާއެކު، މިއަދު ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ. މިއީ މ. އަތޮޅުގެ ފުރަތަމަ އެއަރޕޯޓެވެ. ޓްސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއަޕޯޓަށް ޖައްސާފައި މިވަނީ ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

493135574_723004253581222_6812563107825060995_n.jpg

 

މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިމެއް ވަނީ ހިއްކާފަ އެވެ. އަދި އެއާޕޯޓުގައި 1500 މީޓަރުގެ ރަންވޭއެއް ވަނީ ހަދާފަ އެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔައީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.މުލީގައި އެއަޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން 300މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިއެވެ.

ވައިގެ ދަތުރުފަތުގެ ޚިދުމަތް މުލަކު އަތޮޅުގައި، ޚާއްސަކޮށް ވެރިކަން ކުރާ މުލީގައި ޤާއިމްކުރި އެއަރޕޯޓާއެކު ފެށިގެންދާތީ އެރަށުގެ ރައްޔިތުންވަނީ އެކަމުގެ އުފާވެރި ޝުޢޫރު ފާޅުކޮށްފައެވެ. ފްލައިޓަށް މަރުޙަބާ ކިއުމަށް ރައްޔިތުން ފަރިވަޅެއްވެސް އަރުވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 2 ދުވަސް ކުރިންޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސްޚަބަރު | 2 ދުވަސް ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | 3 ދުވަސް ކުރިންރައީސް، ފްރާންސްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިޚަބަރު | 3 ދުވަސް ކުރިން