logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކޮޕާޑެލްރޭ ފައިނަލްގެ ރެފްރީއާއި ގުޅޭގޮތުން ރެއާލް އާއި ލަލީގާ ކޯޅެނީ

އަބްދުﷲ ޣާނިމް
26 އޭޕްރީލު 2025 - 07:40
ރެފްރީ، ޑެ ބާގޮސް ބެންގޮއެޗެއާ ރެއާލް މެޗެއްގައި. ފޮޓޯ: އަލް ޖަޒީރާ
ރެފްރީ، ޑެ ބާގޮސް ބެންގޮއެޗެއާ ރެއާލް މެޗެއްގައި. ފޮޓޯ: އަލް ޖަޒީރާ

ފައިނަލް މެޗުގެ ރެފްރީ ރިކާޑޯ ޑި ބާގޯސް ބެންގޯއެޗެއާ އަމާޒުކޮށް ރެއާލް މެޑްރިޑް ޓީވީން ފާޑުކިޔުމުގެ ވީޑިއޯއެއް ދައްކާލުމާ ގުޅިގެން، ރެއާލް މެޑްރިޑް އާއި ލަލީގާ ދެމެދު ހަމަނުޖެހުން އިތުރުވެއްޖެއެވެ.

ރެއާލް މެޑްރިޑް ޓީވީއިން ދެއްކި މި ވީޑިއޯގައި ރެއާލް މެޑްރިޑްގެ ގިނަ މެޗްތަކުގައި ރެފްރީ ބެންގޯއެޗެއާ ހަދާފައިވާ ގޯސްތައް ފާހަގަކޮށްފައި އެކަމާއި ދެކޮޅަށް އަޑުއުފުލާފައިވެއެވެ. މެޑްރިޑުން ޤަބޫލުކުރަނީ މިރެފްރީއަކީ އަބަދުވެސް ރެއާލް އާއި ހަތުރުވެރި، އެތަކެއް ގޯސް ނިންމުންތަކެއް ނިންމާފައިވާ ރެފްރީއެއއް ކަމަށެވެ. އެގޮތުން މިރެފްރީ އާއެކު ރެއާލް ކުޅޭ މެޗުތަކުގެ ތެރެއިން ރެއާލް އަށް ކާމިޔާބު ވެފައިވަނީ އެންމެ 64 އިން ސައްތަ މެޗުކަމަށާއި، ނަމަވެސް މިރެފްރީ ގެ ދަށުން ބާސެލޯނާ 81 އިން ސައްތަ މެޗުތަކުން މޮޅުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފާޑުކިޔުންތަކާ ގުޅިގެން މެޗުގެ ކުރިން މިމެޗުގެ ރެފްރީންތައް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެކަމާ ދެކޮޅަށް ރޮއެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވީ.އޭ.އާރް އޮފިޝަލް ޕަބްލޯ ގޮންޒާލެޒް ފުއެޓެސް ވެސް ވަނީ ރެފްރީންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާއި އަނިޔާވެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވީ.އޭ.އާރް ރެފްރީ ޕަބްލޯ ގޮންޒާލެޒް ވަނީ އެމީހުން "ތާރީޚް ލިޔާނެ" ކަމަށާއި، ކުރިއަށް އޮތްތަނުގައި މިވީޑިއޯ ހެދި މީހުންގެ މެޗުތަކުގައި ރެފްރީން  "މާ ހަރުކަށި ފިޔަވަޅުތަކެއް" އަޅާނެ ކަމަށް ބުނެފައެވެ.

Screenshot 2025-04-26 130329.png

ރެފްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ދަ ގާޑިއަން

 

ރެފްރީންގެ މިބަސްތަކާއި ގުޅިގެން ރެއާލް މެޑްރިޑުން ވަނީ ރެފްރީން ކްލަބަށް ދެކޮޅަށް އިންޒާރު ދީފައިވާކަމަށް ބުނެ، ފައިނަލް މެޗުގެ ރެފްރީން ބަދަލުކުރުމަށާއި އަދި މައާފަށް އެދުމަށް އެދި ނޫސްބަޔާނެއް ނެރެފައެވެ. ރެއާލް އިން ވަނީ ފައިނަލްގެ ކުރިން ބޭއްވޭ ހުރިހާ ހަރަކާތްތަކެއް ބޮއިކޮޓް ކޮށްފައެވެ. އެގޮތުން ފައިނަލް މެޗުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްކޮންފަރެންސްއާއި އޯޕަން ޕެރްކްޓިސް އެޓީމުން ވަނީ ބޮއިކޮޓްކޮށްފައެވެ.

މިކަމާދެކޮޅަށް ލަލީގާއިން ބުނެފައިވަނީ ފައިނަލްމެޗުގެ ރެފްރީ ބަދަލުނުކުރާނެ ކަމަށާއި އެރެފްރީ ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މީގެއިތުރުން ލަލީގާގެ ރައީސް ޓެބާސް ވަނީ ރެޢާލް އާއި ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ރެއާލް ގެ ރައީސް ބޭނުންވަނީ އޮފިޝަލުންނާއި ލަލީގާ އާއި ކޮމެންޓޭޓަރުން ކޮންޓްރޯލް ކުރަން ކަމަށާއި، ރެއާލް އިން އެމީހުން ދެކި ރުޅިއަންނަނީ އެމީހުން ކޮންޓްރޯލް ނުކުރެވޭތީ ކަމަށް ބުނެފައިވެއެވެ.

މިހުރިހާ ކަންކަމާއި ހުރެ ރެއާލް އިން މިމެޗު ނުކުޅެފާނެކަމަށް މީޑިޔާގައި ވާހަކަ ދެކެވުނުނަމަވެސް، ރެއާލް އިން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.

ކޮޕަޑެލްރޭ ފައިނަލުގައި ބާސެލޯނާ އާއި ރެއާލް ބައްދަލުކުރާއެލް ކްލެސިކޯ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން ދަންވަރު 1 ޖަހާއިރުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 12 ދުވަސް ކުރިންރެއާލް މެޑްރިޑްގެ އާމްދަނީ 1.248 ބިލިއަން ޔޫރޯއަށް، މިއީ ކުޅިވަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެއްކުޅިވަރު | 14 ދުވަސް ކުރިންއެމްބާއްޕޭ ގޯލްޑަން ބޫޓު ދައްކާލި މެޗުގައި ދެގޯލާއެކު ރެއާލް އަތުފަތު ނުޖެހި ކުރިޔަށްކުޅިވަރު | 19 ދުވަސް ކުރިންޔޫއޭފާއާ ދެކޮޅަށް ރެއަލް މެޑްރިޑުން 4.5 ބިލިއަން ޔޫރޯގެ ދައުވާއެއް ކުރަން ތައްޔާރުވަނީކުޅިވަރު | 20 ދުވަސް ކުރިން