logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކޮޕްޑެލްރޭ ފައިނަލް: ބާސާ ޓްރެބްލް ހޯދަން ނިކުންނައިރު މެޑްރިޑް ނިކުންނަނީ ސީޒަމް ސަލާމަތް ކުރުމަތް

އަބްދުﷲ ޣާނިމް
26 އޭޕްރީލު 2025 - 09:03
ކޮޕަޑެލްރޭ ފައިނަލް މެޗު މިރޭ ކުޅެވޭނެ
ކޮޕަޑެލްރޭ ފައިނަލް މެޗު މިރޭ ކުޅެވޭނެ

މި ސީޒަންގެ އެންމެ މުހިންމު ދެ މެޗު ކުޅުމަށް ބާސެލޯނާ އާއި ރިއަލް މެޑްރިޑް ތައްޔާރުވަމުންދާއިރު، ފުރަތަމަ ކުޅެން އޮތް ކޮޕަޑެލްރޭ ފައިނަލްގައިމި ދެޓީމު މިރޭގައި ނިކުންނާނެއެވެ. މިއީ 11 އަހަރު ފަހުން މިމުބާރާތުގެ ފައިނަލުގައި މިދެޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މިދެޓީމު އެންމެ ފަހުން 2014 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފައިވާއިރު، އެފަހަރު ރެއާލް މެޑްރިޑްވަނީ ފަހުވަގުތު ބޭލް ގެ ލަނޑާއެކު 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ.

މިދެޓީމު މިރޭ މެޗު ސެވިއްޔާގައި ކުޅެން ހަމަޖެހިފައިވާއިރު، ދެޓީމު ލީގުގައި ވާދަކުރާ މެޗު ބާސެލޯނާގެ ދަނޑުގައި މެއި މަހުގެ 11 ވަނަ ދުވަހު ކުޅެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗަށް ނިކުންނައިރު ދެޓީމަށްވެސް އަނިޔާގެ މައްސަލަތަކާއި ވަނީ ކުރިމަތިވެފައެވެ. އެގޮތުން ރެއާލްގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން ކަމަށްވާ ކަމަވިންގާ އާއި މެންޑީ އާއި އަލާބާ އާއި މިލީޓާއޯ އާއި ކަރަވަހާލް ގެ އިތުރުން އެމްބާއްޕޭ އަށް ވެސް އަނިޔާވެފައެވެ. މީގެ ތެރެއިން އެމްބާއްޕޭއަށް މިމެޗުގައި ކުޅެވޭނެކަން ޔަޤީންވާނީ މިއަދު ހަދާ ޓެސްޓް ތަކަށް ފަހުގައެވެ.

މީގެ އިތުރުން ބާސެލޯނާގެ މުހިންމު ކުޅުންތެރިން ކަމަށްވާ ޑިފެންޑަރ ބާލްޑޭ އާއި ލެވަންޑޮވްސްކީ ވެސް އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވޭނެއެވެ.

ހާންސި ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ ވަނީ މިސީޒަނުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ. ޒުވާން ކުޅުންތެރިންނާއި ހަރުދަނާ ޓެކްޓިކަލް ރޭވުންތަކުގެ ސަބަބުން ޓީމުގެ ކުޅުން ވަނީ ރަނގަޅުވެފައެވެ. އެގޮތުން ބާސެލޯނާ މިސީޒަނުގައި މިހާރު ދަނީ 3 ތަށްޓެއް (ޓްރެބްލް) ހޯދުމާއި ވަރަށް ގާތުގައެވެ. ބާސެލޯނާ ކޮޕަޑެލްރޭގެ އިތުރުން ލަލީގާގެ އެއްވަނައިގައިވާއިރު، ޗެންޕިއަންސް ލީގުގައި ސެމީއަށް ދަތުރުކޮށްފައިވެއެވެ. ބާސެލޯނާގެ ކޯޗުންނާއި ކުޅުންތެރުންގެ މިސްރާބުހުރީ މިސީޒަނުގައި ޓްރެބްލް ކާމިޔާބުކުރާށެވެ.

އެހެންނަމަވެސް ރިއަލް މެޑްރިޑް ނިކުންނަނީ އަނބުރާ ތެދުވުމުގެ އުންމީދުގައެވެ. އެގޮތުން ޗެންޕިއަންސް ލީގުން ރެއާލް ވަކިވެފައިވާއިރު، ލަލީގާއި ބާކީ 5 މެޗު އޮތްއިރު، އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެހެންކަމުން މިމެޗަށް ރެއާލް ނިކުންނާނީ އެޓީމުގެ ސީޒަން ސަލާމަތް ކުރުމަށެވެ. މިސީޒަން ފެށިގެން ރެއާލް ޖުމްލަ 7 މުބާރާތެއްގައި ވާދަކުރާއިރު، އޭގެ ތެރެއިން 2 މުބާރާތެއް އެޓީމުވަނީ ކާމިޔާބުކޮށްފައެވެ. އަދި 2 މުބާރާތެއްގެ ތަށި މިހާތަނަށް ގެއްލިފައިވާއިރު، މިރޭގެ މެޗާއެކު އެޓީމުގެ މުސްތަޤުބަލު ބިނާވާނެކަމަށް ބެލެވެއެވެ.

މި ސީޒަންގައި މިހާތަނަށް ބާސާއާދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް ބަލިވެފައިވާ ރިއަލް މެޑްރިޑަށް މި ފައިނަލަކީ ޓީމުގެ އެޓީމަށް އޭގެ ބަދަލުހިފުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.

މީގެއިތުރުން ފޯމުގައި އޮތް ބާސެލޯނާ މިއަހަރު މިހާތަނަށް އެންމެ މެޗަކުން ބަލިވެފައިވާއިރު ، މިމެޗަށް އެޓީމުވަނީ ރަނގަޅަށް ތައްޔާރުވެ، މުހިންމު ކުޅުންތެރިންނަށް އެކަށީގެންވާ އަރާމު ދީފައެވެ. އެހެންކަމުން ބާސެލޯނާ މި މެޗަށް ނިކުންނާނީ ފުރިހަމަ އިތުބާރާ އެކުގައެވެ.

މިމެޗު ފެށިގެންދާނީ މިރޭ ރާއްޖެގަޑިން ދަންވަރު 01:00 ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލާރީގެ މައްސަލައިގައި ބާސެލޯނާއިން ލެވަންޑޮވްސްކީ ގޯލުޖެހުން ހުއްޓުވިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންޤަވާއިދު ބޮލާލާޖަހައި، ބާސެލޯނާގެ ޗެމްޕިއަންސް ލީގުގެ މެޗު ކޭމްޕް ނޫއަށް ބަދަލުކުރުމަށް ޔުއޭފާއިން ހުއްދަދީފިކުޅިވަރު | ދުވަހެއް ކުރިން އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއްކުޅިވަރު | 10 ދުވަސް ކުރިންމެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 12 ދުވަސް ކުރިން