logo
ޚަބަރު

މުލީ އެއާޕޯޓް ހުޅުވުން އަންނަ ބުރާސްފަތިދުވަހު

އާމިނަތު ޝަފާ
27 އޭޕްރީލު 2025 - 05:43
މުލީ އެއާޕޯޓް ހުޅުވުން އަންނަ ބުރާސްފަތިދުވަހު

މ. މުލީގައި ތަރައްގީކުރި އެއާޕޯޓް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމާ އެކަމުގެ ތައްޔާރީތައް ފަށައިފިއެވެ.

މުލި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމާއެކު، ވަނީ ކާމިޔާބުކަމާއެކު ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައެވެ. މި ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއާޕޯޓަށް ޖެއްސީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ސަރުކާރުން 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މުލީ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރު އައުމާ ހަމަޔަށްވެސް އޮތީ އެކި ސަބަބުތަކާ ހުރެ ކުރިއަށް ނުގޮސް މަޑުޖެހިފަ އެވެ.

މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިމެއް ވަނީ ހިއްކާފަ އެވެ. އަދި އެއާޕޯޓުގައި 1500 މީޓަރުގެ ރަންވޭއެއް ވަނީ ހަދާފަ އެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔައީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.މުލީގައި އެއަޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން 300މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިއެވެ.

މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުގައި 12އަށް ވުރެ ގިނަ އެއާޕޯޓް ގާއިމްކޮށްފައިވާއިރު، އިތުރު އެއާޕޯޓްތައް ވެސް ގާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑަކީ ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށް ރައްޔިތުން ހޮވާފައި ހުރި ޚާދިމެއް: ރައީސް ޚަބަރު | 4 މަސް ކުރިންރައީސް، މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފިޚަބަރު | 4 މަސް ކުރިންމުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުން މި މަހު 14ގައިޚަބަރު | 4 މަސް ކުރިންމުލީ އެއާޕޯޓް ހުޅުވުން އަންނަ ބުރާސްފަތިދުވަހުޚަބަރު | 5 މަސް ކުރިން