logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޙަމްނާ އަޙުމަދު 200 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފި

އަބްދުﷲ ޣާނިމް
27 އޭޕްރީލު 2025 - 11:46
ހަމްނާ އަހުމަދު. ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ހަމްނާ އަހުމަދު. ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ހަންގޭރީގައި ކުރިއަށްދިޔަ އެޤައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިޔާ ޙަމްނާ އަޙުމަދު އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ.

ޙަމްނާ މިރެކޯރޑް އާކޮށްފައިވަނީ 03:03.69 ގައި ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ ކުރީގެ ރެކޯރޑަށްވުރެ ގާތްގަނޑަކަށް 1 ސިކުންތު އަވަސް ވަގުތެކެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސާޖިނާއެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 03:04.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިހާރު ޙަމްނާ މިވަނީ އެ ރެކޯރޑް ވެއްޓުވާލާފައެވެ.

ޙަމްނާގެ މި ކާމިޔާބީއާއެކު، އޭނާ މިހާރު ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު އަދި 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑު ހޯދާފައެވެ. މިއީ ދިވެހި ފެތުންތެރިންގެ ތެރެއިން ޙަމްނާގެ ހުނަރާއި ޤާބިލުކަން ދައްކުވައިދޭ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ޙަމްނާގެ މި ކާމިޔާބީއަކީ ދިވެހި ފެތުމުގެ ކުޅިވަރަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ބެލެވެއެވެ. އަދި މިކަމަކީ ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ފެތުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަޒްކިޔާ އާއި މިރާލް ފެތުމުގެ އެކި އިވެންޓްތަކުން ޤައުމީ ރެކޯރޑް އާކޮށްފިކުޅިވަރު | 2 މަސް ކުރިންޙަމްނާ އަޙުމަދު 200 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިކުޅިވަރު | 5 މަސް ކުރިންހަމްނާ ފެތުމުގެ ޤައުމީ ރެކޯޑެއް އާކޮށްފިކުޅިވަރު | 5 މަސް ކުރިންރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލްގެ ބިންގާ އަޅައިފިކުޅިވަރު | 5 މަސް ކުރިން