logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްވެސް ރައްޔިތަކާމެދު ތަފާތު ކުރުމެއް ނުގެންގުޅޭނަން: ރައީސް

ހުސައިން ވަސީމް
27 އޭޕްރީލު 2025 - 12:26
އެއްވެސް ރައްޔިތަކާމެދު ތަފާތު ކުރުމެއް ނުގެންގުޅޭނަން: ރައީސް

އަބަދުވެސް ކަންތައްތައް ކުރާނީ އިންސާފުގެ މަގުން ކަމަށާ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރީން ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްތީގަތުމެއްގައި ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކާއިދޭތެރޭ ތަފާތުކުރުމާއި އަނިޔާވެރިވުމަކީ މިއަދާ ހަމައަށް އައިއިރުވެސް އެމަނިކުފާނު ގެންގުޅުއްވި ހަމައެއް ނޫން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މި ފަހުން މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާގެ މައްސަލައަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވީ އެ ހާދިސާގައިވެސް އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ގެންގުޅުއްވާ އުސޫލަކީ މިކަމުގެ ހަޤީޤަތް ހޯދައި، އިންސާފު ޤާއިމްކޮށްދިނުން ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމެޓީ އެއް ވަނީ އުފައްދަވާފަ އެވެ. އެ ކޮމެޓީގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ކޮމިޝަންގެ މަސައްކަތާއެކު ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައި ނިމި، އެއްވެސް މީހަކަށް ތަފާތު ނުކުރެވޭކަން ކަށަވަރު ކުރެވި، ހުރިހާ ސުވާލެއްގެ ޖަވާބު ލިބި، ކަންކަން ސާފުވާން އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީޤައުމުގައި ހަމަޖެހުމާއި އިންސާފާއި އަދާލަތު ޤާއިމުވެފައި އޮތުން ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ކޮންމެހެން ހާދިސާއެއް ހިނގައިގެން ދިއުމުން އެކަނި ނޫން ކަމަށާއި، ހުރިހާ ދާއިރާއެއްގައިވެސް އެ އިންސާފާއި ޤާނޫނުގެ ވެރިކަމާއި ސުލްހައާއި ހަމަޖެހުން، ހުރިހާ ވަގުތެއްގައިވެސް އޮތުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމުގައި ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށް: ރައީސްޚަބަރު | 40 މިނިޓު ކުރިންޖެނުއަރީ 15އިން ފެށިގެން އަމިއްލަ ތަންތަނުން ހައްދާ އައިނަށް އާސަންދަ ލިބޭނެ!ޚަބަރު | ގަޑިއިރެއް ކުރިންވައުދުތައް ފުއްދުމަށް، ޕީއެންސީ ކެނޑިޑޭޓުން ހޮއްވަވައިދެއްވުމަށް ރައީސް އިލްމާސް ކުރަށްވައިފިޚަބަރު | 14 ގަޑިއިރު ކުރިންޕީއެންސީގެ އައު އޮފީސް: ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ގާއިމުކުރި އެންމެ ހައިބަތު ބޮޑު އިދާރާ!ޚަބަރު | 14 ގަޑިއިރު ކުރިން