logo
ޚަބަރު

އަންނަ މަހު 1 ގައި މުލީ އެއާރޕޯޓް ހުޅުވަނީ

އަޙްމަދު ޒަލީފް
27 އޭޕްރީލު 2025 - 14:59
އަންނަ މަހު 1 ގައި މުލީ އެއާރޕޯޓް ހުޅުވަނީ

މުލީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތްތައް ނިންމާލުމަށްފަހު، އަންނަ ބުރާސްފަތި ދުވަހު އެ އެއާޕޯޓު ހުޅުވުމަށް ތައްޔާރު ވެއްޖެއެވެ.

މުލީ އެއާޕޯޓު ހުޅުވުމުގެ ކުރިން މިދިޔަ ހުކުރު ދުވަހު އެ އެއާޕޯޓަށް ވަނީ ޓެސްޓު ފްލައިޓް ޖައްސާފައެވެ. މި ޓެސްޓު ފްލައިޓުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. މިއީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރި ދަތުރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_6321.jpeg

މުލީ އެއާރޕޯޓަށް ވަނީ ޓެސްޓް ފްލައިޓް ޖައްސާފައި

މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއާޕޯޓަކީ 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ ގޮތަށް ބިންހިއްކައިގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ އަގަކީ 212 މިލިއަން ރުފިޔާއެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮމެސްޓިކް އެއާޕޯޓުތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފިޚަބަރު | 6 ދުވަސް ކުރިންފުވައްމުލައް އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް މެދުކެނޑިއްޖެ ޚަބަރު | 11 ދުވަސް ކުރިންރީޖަނަލް އެއާޕޯޓްސްއިން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރުދިނުމަށް، އައުޓާމިނަލަށް ދެކުމާގޮސްފި ޚަބަރު | 2 މަސް ކުރިންހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ޔާމީން ހެއްދެވީ އިތުރުފުޅެއްޚަބަރު | 2 މަސް ކުރިން