logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުން އަތުލައިގަތް ސިނގިރޭޓްތައް ހަވާލުކުރަން އަމުރުކޮށްފި

އަޙްމަދު ޒަލީފް
27 އޭޕްރީލު 2025 - 15:04
ފުލުހުން އަތުލައިގަތް ސިނގިރޭޓްތައް ހަވާލުކުރަން އަމުރުކޮށްފި

މާލޭގައި ކުންފުންޏަކުން ވަގަށް ސިނގިރޭޓް އުފައްދަނިކޮށް ރެއިޑްކޮށް ފުލުހުން އަތުލައިގަތް ސިނގިރޭޓްތައް އެ ކުންފުންޏާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހ. ހުޅުގަލީގައި ހުންނަ އެޕާޓްމެންޓެއްގައި ހިންގަމުން ދިޔަ އޮފީހެއް ރެއިޑްކޮށް ފުލުހުން ވަނީ އެތަނުން 103 ކާޑުބޯޑު ފޮށީގެ ސިނގިރޭޓު އަތުލައިގެންފައެވެ. އެއީ 49،000 ފޮށި ސިނގިރޭޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިނގިރޭޓު އުފައްދަން އުޅުނީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގައެވެ. ފުލުހުން ހިފެހެއްޓި މުދާ އަނބުރައި ހޯދުމަށް އެ ކުންފުނިން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ހުސް ފޮއްޓާއި ދެ ބޮކްސިން މެޝިނަކާއި އުފައްދާފައިވާ ސިނގިރޭޓް އަދި ދުންފަތް ހިމެނެއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމްގައި ބުނެފައިވާ ގޮތުގައި ފުލުހުން ހިފަހެއްޓި ސިނގިރޭޓަކީ 13 ނޮވެމްބަރުގެ ފަހުން އުފެއްދި ތަކެތި ކަމަށް ފުލުހުން އޮތީ ހެކިވެސް ހުށަހަޅައިފަ އެވެ. އަދި އެ ތަކެތީގެ ފޮރެންސިކް ތަހުލީލުކުރުމަށްޓަކައިވެސް އެ ތަކެތި ހިފަހައްޓަން ބޭނުންކަމަށް ވެސް އޮތީ ބުނެފަ އެވެ.

އެހެންވެ އެކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ނެރުނު ހުކުމުގައި ވަނީ ރެޑިއަސްގެ މައްޗަށް ވަކި ޝަރުތުތަކެއްކޮށް ހިފެހެއްޓި މުދާ އެ ފަރާތަށް ދޫކުރުމަށް ހުކުމްކޮށްފަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާއި ގުޅޭ އާންމު ގަވާއިދުގައިވާ ގޮތުން ވިޔަފާރީގެ އުސޫލުން ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ މެޝިނާއި އެފަދަ އެ ނޫންވެސް އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާވި ނަމަވެސް މި ތަކެތީގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް ރޯލްކުރެވޭ މެނުއަލް ކުދިކުދި ޕޯޓަބަލް އާލާތްތަކެއް ނުހިމެނޭނެ އެވެ.

މުދާ ދޫކުރެވެންދެން ނުވަތަ މުދަލާއި މެދު ވަކިގޮތަކަށް ޢަމަލުކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެހެން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ވެސް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 2 މީހަކު ހޯދަނީ ޚަބަރު | 17 ދުވަސް ކުރިންމީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 18 ދުވަސް ކުރިންކޯޓުގެ ހުރުމަތް ކެނޑި މީހަކު ޖަލަށް ޚަބަރު | 21 ދުވަސް ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެ މީހަކު ހޯދަނީ ޚަބަރު | މަހެއް ކުރިން