logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އަންހެނަކު ރޯއަޑުއިވުމުން ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު އޮތީ ޚަބަރު ހުސްވެފައި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޭޕްރީލު 2025 - 05:34
އަންހެނަކު ރޯއަޑުއިވުމުން ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު އޮތީ ޚަބަރު ހުސްވެފައި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ވިނަރެސް ޓަވަރެއްގެ ފްލެޓަކުން އަންހެނަކު ރޯ އަޑު އިވޭކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިއިރު، އެމީހާ ޚަބަރު ހުސްވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، މިއަދު ހެނދުނު 6:05 ހާއިރު ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑުއިވޭކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ވަގުތުން އެތަނަށް ގޮސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ފުލުހުން އެ އެޕާޓްމަންޓަށް ގަދަކަމުން ވަދެ ބެލިއިރު، 21 އަހަރުގެ ދިވެހި އަންހެނަކު ޚަބަރު ހުސްވެފައި އޮއްވާ ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނެފައިވަނީ، މި ހާދިސާ ހިނގުމާ ގުޅިގެން އެ އަންހެން މީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި، މި ވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ އެޕާޓްމަންޓްގައި އެވަގުތު ޢާއިލާގެ މެމްބަރުން ވެސް ތިބިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައްޚަބަރު | 4 ގަޑިއިރު ކުރިންކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރެއްގެ ފަހަތުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއްޚަބަރު | 8 ގަޑިއިރު ކުރިންރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިޚަބަރު | 8 ގަޑިއިރު ކުރިން