ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓުގެ ވަރުގަދަ އެނބުރި އައުން މިއަދު ހަވީރު
28 އޭޕްރީލު 2025 - 08:18

ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓުން މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށްޓަކައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފިއެވެ.
މި ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 15:45 ގައި ހެންވޭރު ބޯޅަ ދަނޑުގެވެ.

Ad by Hajj Corporation
ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބުން މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށްޓަކައި ބާއްވާ މި ރަސްމިއްޔާތުގައި ނިއުރޭޑިއަންޓާއި އަލަށް ގުޅުނު ކުޅުންތެރިން ތަޢާރަފް ކުރުމަށް ހަމަޖެހިފައި ވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ނިއުގެ މެނޭޖްމަންޓުން ވަނީ މިއަދުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަށް އެދިފައެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓުގެ ކާމިޔާބު ފުޓުބޯޅަ ތާރީޚުގައި އެޓީމުންވަނީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެ ޓީމު ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2 ފަހަރު އެފްއޭކަޕް މިލްކު ކޮށްފައެވެ. އަދި ގައުމީ ތަށި 13 ފަހަރު ހޯދައި އެތަށި މިލްކުކޮށްފައިވެއެވެ. ދިވެހިލީގު ޖެހިޖެހިގެން 3 ފަހަރު ކާމިޔާބު ކޮށްފައިވާއިރު އަންހެނުންނަށް ޚާއްސަކޮށް އެފްއޭއެމުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ 2 ތަށިވެސް ނިއުރޭޑިއަންޓުންވަނީ ކާމިޔާބުކޮށްފައެވެ.