logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންނަށް ބޭންކުތަކުން ފުރުސަތުތައް ފަހިކޮށްދެއްވުމަށް ރައީސް ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވާ: ޝިޔާމް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޭޕްރީލު 2025 - 14:28
މަސްވެރިންނަށް ބޭންކުތަކުން ފުރުސަތުތައް ފަހިކޮށްދެއްވުމަށް ރައީސް  ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވާ: ޝިޔާމް

މަސްވެރިންނަށް ބޭންކުތަކުން ލިބޭ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުންކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވެފައިވަނީ މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އާ ގުޅިގެންނެވެ. މި އެމްއޯޔޫގެ ދަށުން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްވެގެން ވަނީ ގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާއި ގުޅިގެން މިނިސްޓަރ ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މަސްވެރިކަމަކީ ރަސްމީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި، ބޭންކިންގ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތޭގޮތަށް، މާލީ އިދާރާތަކުން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދުމަށް މަސްވެރިންނަށް ފުރުޞަތު ހުޅުވާލުމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"މިކަން ހަޤީގަތަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުން. އެކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަށް ވަރަށް އިޚުލާސްތެރި ޝުކުރެއް ދަންނަވަން،" މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފާއި ބޭންކުގެ ޓީމުގެ މަސައްކަތާއެކު މަސްވެރިންނަށް ލޯނުގެ ދޮރުތައް ހުޅުވާލަދޭ ފުރަތަމަ ބޭންކަކަށް ބީއެމްއެލް ވެފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ޤައުމީ ދަފްތަރު ފުރިހަމަކުރުމަށް މިނިސްޓްރީގެ ޓީމުތަކުން ކުރި މަސައްކަތްތަކަށާއި މަސްވެރިން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

https://mendhuru.tv/dv/7534

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ މަތީ ދަރަޖަ ، އިބްރާހީމް ރަޝީދު މޫސާ، ޑރ. ލަޠީފް، އަފީފް އަދި އުއްޗުއަށް އަރުވައިފިޚަބަރު | 3 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިޚަބަރު | 6 ގަޑިއިރު ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ، "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން"ޚަބަރު | 6 ގަޑިއިރު ކުރިންއެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް މަގު ހަދައި، ނޮވެމްބަރުގެ ނިޔަލަށް ނިންމަނީޚަބަރު | 13 ގަޑިއިރު ކުރިން