logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

އާރސެނަލް ޕްރީމިއަރ ލީގު ދޫކޮށްލިގޮތަށް ޗެންޕިއަންސް ލީގު ދޫކޮށްލަން ތައްޔާރުވެއްޖެ

އަބްދުﷲ ޣާނިމް
30 އޭޕްރީލު 2025 - 04:21
މެޗުގައި ގޯލުޖެހުމަށްފަހު ޑެމްބެލޭ އުފާފާޅުކުރަނީ. ފޮޓޯ: ޕީއެސްޖީ
މެޗުގައި ގޯލުޖެހުމަށްފަހު ޑެމްބެލޭ އުފާފާޅުކުރަނީ. ފޮޓޯ: ޕީއެސްޖީ

އިނގިރޭސި ޕްރީމިއަރ ލީގު ދޫކޮށްލިގޮތަށް ޗެންޕިއަންސް ލީގު ދޫކޮށްލުމަށް އާރސެނަލް އިން ތައްޔާރުވެއްޖެއެވެ. މިސީޒަނުގެ ޗެންޕިއަންސް ލީގު ފިޔަވައި ހުރިހާ މުބާރާތަކުން ވަކިވެފައިވާ އާރސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ވަނީ މޮޅުކުޅުމެއް ކުޅެ، އާރސެނަލް ބަލިކޮށްފައެވެ.

ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އާރސެނަލްއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ވަނީ 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ލަނޑު ޖެހީ މެޗުގެ ހަތަރުވަނަ މިނިޓުގައި އުސްމާން ޑެމްބެލޭއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްވިޗާ ކްވަރަޓްސްކޭލިއާ ދިން ޕާހަކުން ޑެމްބެލޭ ޖެހި މި ލަނޑަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ދެއްކި މޮޅު ކުޅުމުގައި އާސެނަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލިއެވެ.

ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ވަނީ މި މެޗުގައި އާސެނަލްގެ ގިނަ ހަމަލަތަކެއް ދިފާއުކޮށްފައެވެ. އޭގެ ތެރޭގައި ގެބްރިއެލް މާޓިނޭލީ އާއި ލިއަންދްރޯ ޓްރޮސާޑު ފޮނުވާލި ނުރައްކާތެރި ހަމަލަތައް ހިމެނެއެވެ. މެޗުގެ ތެރޭގައި އާސެނަލްއަށް ލިބުނު ހިލޭ ޖެހުމަކުން މިކެލް މެރީނޯ ޖެހި ލަނޑު އޮފްސައިޑްގެ ސަބަބުން ވަނީ ބާތިލުކޮށްފައެވެ.

ރޭގެ މެޗުގައި އާރސެނަލް އަށް ގިނަ ސެޓްޕީސްތަކެއް ލިބުނު ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީއަށް ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ބްރޭޑްލީ ބާކޯލާ އާއި ގޮންސާލޯ ރާމޯސްގެ ހަމަލަތައް ގޯލުގެ ދަނޑީގައި ޖެހި ބޭރުވިއެވެ.

ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް މަސައްކަތްކުރަމުންދާ ޕީއެސްޖީ އާއި އާސެނަލްގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފުތާގައި ފްރާންސްގެ ޕެރިހުގައި ޕީއެސްޖީގެ ދަނޑުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 20 ދުވަސް ކުރިންކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއްކުޅިވަރު | މަހެއް ކުރިންރެއާލް ސިޓީ އާއި ޖެހިޖެހިގެން 5 ވަނައަހަރު ކުރިމަތިލާއިރު، އަނެއްކާވެސް ބާސެލޯނާއަށް ފައިނަލަށް ދިޔުމަށް ފަސޭހަމަގެއްކުޅިވަރު | މަހެއް ކުރިންޗެންޕިއަން ޕީއެސްޖީ ނޭވާ ހޮޅީގައި ގަދަ 16 އަށްކުޅިވަރު | މަހެއް ކުރިން