logo
Bank of Maldives

Bank of Maldives

ޚަބަރު

މި ފެށުނީ ދެ ޤައުމުގެ ގުޅުމުގެ މުޅިން އާ ބާބެއް - ރައީސް

އަޙްމަދު ޒަލީފް
30 އޭޕްރީލު 2025 - 06:54
މި ފެށުނީ ދެ ޤައުމުގެ ގުޅުމުގެ މުޅިން އާ ބާބެއް - ރައީސް

މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރެވިފައިވާ ކަމަށެވެ. އެގޮތުން ތަޢުލީމާއި ޞިއްހަތާއި އިޤުތިޞާދީ ތަރައްޤީއާއި ޑިޖިޓަލައިޒޭޝަނާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ދާއިރާއިން ގުޅުން ބަދަހިވެ، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެލޭޝިއާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށެވެ.

IMG_6374.jpeg

ރައީސް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އަދި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ޑިޖިޓަލްގެ ދާއިރާއާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ދާއިރާއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ދޮރުތައް ހުޅުވުނުކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. 

ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ މެލޭޝިއާއިން އޮތީ ރާއްޖެއާއި ސަރަހައްދީ ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ.

IMG_6375.jpeg

ރައީސް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މިހާރު ރާއްޖެ ވަޑައިގެންފައިވާއިރު، ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދު އެއްބަސްވުންތަކެއް ބަދަލުކޮށްފައިވެއެވެ.

މި ދަތުރުފުޅުގައި ކެބިނެޓު ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީޚަބަރު | 3 ގަޑިއިރު ކުރިންފޯޅަވަހީގެ ސިޔާދަތީ މައްސަލައިގައި އިނގިރޭސިވިލާތާއެކު ރަސްމީ ވާހަކަތައް ފެށުމަށް ރައީސް ދަޢުވަތު ދެއްވައިފިޚަބަރު | ދުވަހެއް ކުރިންޢަމަލާއި ބަހުންވެސް ޤައުމާމެދު އިޚްލާޞްތެރިކަން ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންރައީސް މުޢިއްޒުގެ ޔަޤީންކަން: 2028 އަށް ދާއިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެޚަބަރު | 2 ދުވަސް ކުރިން