logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރުހީބު ބޮޑުވެ ހިޔާވަހި ސްކީމްގެ ދަށުން ފައިނޭންސިންއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އާމިނަތު ޝަފާ
30 އޭޕްރީލު 2025 - 15:28
ތަރުހީބު ބޮޑުވެ ހިޔާވަހި ސްކީމްގެ ދަށުން ފައިނޭންސިންއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ތަރުހީބު ބޮޑުވެ ގިނަ ބަޔަކު އެދެމުންދާތީ ހިޔާވަހި ސްކީމްގެ ދަށުން ފައިނޭންސިންއަށް އެދުމުގެ ފުުރުސަތު މެއި މަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން އެދެމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެހެންކަމުން މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ."

ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން އިފްތިތާހުކުރި "ހިޔާވެހި ފައިނޭންސިން"  ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވާފައިވާއިރު  ސްކީމްގެ އުސޫލާއި ފައިނޭންސް ހޯދުމާއި ގުޅޭ މަޢުލޫމާތު ވަނީ ގެޒެޓުކުރެވިފައެވެ.

މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ހުޅުވާލި މި ސްކީމަކީ އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ގޮތުން، އަމިއްލަ ގޯތީގައި ޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލޯނު ދިނުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ.
މި ފައިނޭންސް ހަމަޖައްސައިދޭނީ 25 އަހަރުން އަނބުރާ ދައްކާގޮތަށެވެ.

މިގޮތުން މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް "ރަށްވެހި ފައިނޭންސިންގ ސްކީމް"ގެ ދަށުން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރތަކުން "ސަހަރު ފައިނޭންސިންގ ސްކީމް"އަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި މާލެ ސަރަޙައްދަށް ޚާއްޞަ "ފަހިމާލެ ފައިނޭންސިން ސްކީމް"އަށް 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެއެވެ.

އަރބަން ސެންޓަރު ނުވަތަ ސަހަރުގެ ގޮތުގައި 26 ރަށެއް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ދޫކުރާ ފަސް އިންތައިގައި ގެދޮރުވެރިކަމަށް ޚާއްސަ ލުއި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބްޚަބަރު | 25 ދުވަސް ކުރިންތަރުހީބު ބޮޑުވެ ހިޔާވަހި ސްކީމްގެ ދަށުން ފައިނޭންސިންއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި ޚަބަރު | 6 މަސް ކުރިން