logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަހީމް އަލުން އަދާލަތާއި ގުޅި ރައީސްކަމަށް ވާދަކުރަށްވާތީ އިމްރާން ވަރަށް ކަންބޮޑުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
30 އޭޕްރީލު 2025 - 16:45
ޝަހީމް އަލުން އަދާލަތާއި ގުޅި ރައީސްކަމަށް ވާދަކުރަށްވާތީ އިމްރާން ވަރަށް ކަންބޮޑުވެއްޖެ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައި، މިއަދު ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރަށްވައި، ޝަހީމް ވިދާޅުވީ، "އެ ޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ޚިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމައިފީމެވެ. މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން، އިންޝާ ﷲ." މިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަހީމްގެ މި ނިންމެވުމާއި ގުޅިގެން، އަދާލަތުގެ މިހާރުގެ ރައީސް، އެމްޑީޕީގެ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް މޭރުމަކުން އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ. އެ ޕޯސްޓްގައި ވަނީ ޝަހީމް ވަޒީރުކަމުން އިސްތިއުފާދެއްވުމަށްފަހު އަދާލަތާއި ގުޅުމަށް އެދިފައެވެ. ނަމަވެސް އެއީ އަދާލަތުގެ ހިންގާ ގަވާއިދު ދަންނަ ހަމައެއްނޫނެވެ.

ޝަހީމްގެ މި ނިންމެވުމަށް އަދާލަތު ޕާޓީގެ ގިނަ އިސް މެންބަރުންނާއި ޢިލްމުވެރިން ވަނީ މަރުޙަބާ ކިޔައި، ތާއީދު ފާޅުކުރައްވާފައެވެ. މިކަމުން ދޭހަވަނީ ޕާޓީގެ އެތެރޭގައި ޝަހީމަށް ބޮޑު ތާއީދެއް އޮތްކަމެވެ. އިމްރާން މި މިންވަރަށް ކަންބޮޑުވެވަޑައިގަތީ އެހެންވެކަމަށްބެލެވެއެވެ.

ބެންކޮށްގައި މިހާރު ދިރިއުޅުއްވާ އިމްރާނަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ''އައުޓް ޑޭޓެޑް'' ޕްރޮޑަކްޓެއް ގޮތުގައި ބެލެވޭއިރު، ޝަހީމަށް މިލިބޭ ތާއީދު ދައްކުވައި ދެނީ އިމްރާނަށް އަމިއްލަ ޕާޓީގެ ތެރޭގައި ވެސް މާބޮޑު ތާއީދެއް ނެތްކަމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަގީރުންނަށް ޚާއްޞަ "ޒަކާތު ބެނެފިޝަރީ ކާޑު" ދޫކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 15 ދުވަސް ކުރިންދައުލަތުން ފައިސާ ލިބޭ ލިސްޓުން ފުރަތަމަ ފަހަރަށް އަދާލަތު ޕާޓީ އުނިވެއްޖެޚަބަރު | 16 ދުވަސް ކުރިންރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ކުރަށްވާ އިސްލާމީ ޚިދުމަތަކީ ހިތްމަތެރި މަސައްކަތްޕުޅެއް: ޝަހީމްޚަބަރު | މަހެއް ކުރިން''ޒުވާން ޚަޠީބުން ޕްރޮގުރާމަކީ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގެ ޕްރޮގުރާމެއް''ޚަބަރު | 4 މަސް ކުރިން