logo
Bank of Maldives

Bank of Maldives

ޚަބަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
30 އޭޕްރީލު 2025 - 17:25
މޯލްޑިވްސް ނޭޝަނަލް ސަރވިސް ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން  ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސްއިން މިރޭ ހުޅުވާލައިފިއެވެ.

މިފުރުސަތު މިރޭ ހުޅުވާލާނެކަން ރައީސް އޮފީހުން ވެސް ހާމަކޮށްފައިވާއިރު، ޑިފެންސުން މިރޭ ކުރި ޢިއުލާންގައިވާގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. 16 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާނުން ހުށަހަޅާއިރު، ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ އިޤްރާރެއް ހުށަހަޅަންޖެހޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އީމޭލު މެދުވެރިކޮށް ނުވަތަ މި ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. އީމޭލު މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، applyfor.[email protected] އަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 1 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 3035830 ނަންބަރު ފޯނަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމަކުން ތަޢާރަފުކުރެވުނު މި ޕްރޮގްރާމުގެ މަޤްޞަދަކީ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ. މީގެ އިތުރުން، މި ޕްރޮގްރާމުން ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން އުފެއްދުމާއި، ޤައުމަށް ދިމާވާ ނުރައްކާތަކާ ކުރިމަތިލާނެ ޒުވާނުން ތައްޔާރުކުރުމަށް މަގުފަހިކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިޢުލާނުކުރެއްވިއެވެ. އަދި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި، މި ޕްރޮގްރާމް 2025 ގެ އޭޕްރީލް މަހު ފެށޭނެ ކަމަށް އިޢުލާނުކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދެވޭނެ ކަމަށް ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. ޝައުޤުވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑްކޮށް ހުށަހެޅިދާނެއެވެ.

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އަޚްލާޤާއި ސުލޫކު ރަނގަޅު، އިޙްތިރާމާއި ކެތްތެރިކަން ހުރި ޖީލެއް ބިނާކުރުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކުގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފިޚަބަރު | 30 މިނިޓު ކުރިން''މުސާރަ ބޮޑުކުރީ ބޮޑު ދިރާސާއަކަށްފަހު، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށް އަންނަ އަހަރު މުސާރަ ބޮޑުވާނެ''ޚަބަރު | 39 މިނިޓު ކުރިން''ގިނަ ވައުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި''ޚަބަރު | 2 ގަޑިއިރު ކުރިންރައީސް، ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިން