logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަންސް ލީގުގެ ސެމީގައި ބާސާއާއި އިންޓަރ އެއްވަރުވެއްޖެ

އަބްދުﷲ ޣާނިމް
1 މޭ 2025 - 05:54
ރޭގެ މެޗުގެ ތެރެއިން ޔަމާލް އިންޓަރ ގެ ދެ ކުލުންތެރިން ކައިރިން ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: އަލް ޖަޒީރާ
ރޭގެ މެޗުގެ ތެރެއިން ޔަމާލް އިންޓަރ ގެ ދެ ކުލުންތެރިން ކައިރިން ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: އަލް ޖަޒީރާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. މި މެޗުގައި އިންޓަރ މިލާނުން ދެ ފަހަރެއްގެ މަތިން ލީޑު ނެގިނަމަވެސް، ބާސެލޯނާއިން ވަނީ ކޮންމެ ފަހަރަކުވެސް އެއްވަރުކޮށްފައެވެ.

މެޗު ފެށިގެން 30 ވަނަ ސިކުންތުގައި އިންޓަރ މިލާނުގެ މާކަސް ތުރާމް ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި އެންމެ އަވަހަށް ޖެހުނު ލަނޑު ކާމިޔާބުކޮށްފައެވެ. ޑެންޒެލް ޑެމްފްރައިސް ހުރަސް ކުރި ބޯޅަ "ބެކްހީލް" އަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތުރާމް މި ލަނޑު ކާމިޔާބުކުރިއެވެ. އަދި 21 ވަނަ މިނެޓުގައި ކޯނަރަކުން ޑެންޒެލް ޑަމްފްރީސް ވަނީ ބޮލުން ގޯލެއް ޖަހައި އިންޓަރ އަށް ދެގޯލުގެ ލީޑެއް ހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 24 ވަނަ މިނިޓުގައި ބާސެލޯނާގެ 17 އަހަރުގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ދެކުޅުންތެރިން އަތުން ނައްޓާލުމަށްފަހު ވަރަށް ރީތިގޯލެއް ޖަހާފައެވެ. މިއީ ޔަމާލް ބާސެލޯނާއަށް ކުޅޭ 100 ވަނަ މެޗުގައި ޖެހި 22 ވަނަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވަމުން ދަނިކޮށް ބާސެލޯނާގެ ފެރާން ޓޮރޭޒް ވަނީ ރަފީނިއާ ދިން ޕާހަކުން ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ޑެންޒެލް ޑަމްފްރައިސް އިތުރު ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އިންޓަރ މިލާނަށް ލީޑުނަގައިދިނެވެ. އެހެންނަމަވެސް އޭގެ އެއްމިނެޓުފަހުން ރަފީނިޔާ ދުރުން ޖެހި ބާރު ސޮޓެއް އިންޓަރގެ ކީޕަރުގެ ގައިގައި ޖެހިފައި އޯން ގޯލެއް ޖަހައި ބާސެލޯނާ ވަނީ ދެވަނަ ފަހަރަށް މެޗު އެއްވަރުކޮށްފައެވެ.

މި ދެ ޓީމުގެ ދެވަނަ ލެގު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައެވެ. މި މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަން ބާސެލޯނާ ގަދަކޮށް އެނބުރި އައިސްފިކުޅިވަރު | 2 ދުވަސް ކުރިންގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެކުޅިވަރު | 4 ދުވަސް ކުރިންބާސެލޯނާ މި ހަފްތާބަންދުގައި ކުޅޭނީ އެންމެ 6000 ސަޕޯޓަރުން ކުރިމަތީގައިކުޅިވަރު | 8 ދުވަސް ކުރިންޔުނައިޓެޑުން ގެނައި ކުނިކޮތަޅު މަހެއް ނުވަނީސް ބާސެލޯނާއިން ބޭރުކުރަނީ؟ކުޅިވަރު | 10 ދުވަސް ކުރިން