logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަންސް ލީގުގެ ސެމީއިން ބަލިވެ ރޮނާލްޑޯ ހުސްއަތާ ސީޒަން ނިންމާލަނީ

އަބްދުﷲ ޣާނިމް
1 މޭ 2025 - 06:07
ރޭގެ ސެމީފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓަރސް
ރޭގެ ސެމީފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓަރސް

ޕޯޗުގީޒް ސުޕަރ ސްޓަރ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓީމު އަލް-ނަސްރު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބަލިވެ މުބާރާތުން ކަޓައިފިއެވެ. ޖަޕާނުގެ ކަވަސަކީ ފްރޮންޓާލޭ އާ ދެކޮޅަށް ކުޅުނު މެޗުން އަލް-ނަސްރު ބަލިވީ 3-2 އިންނެވެ.

މިއާއެކު މިސީޒަނުގައި އަލް-ނަޞްރު އަށް މިހާރު ބާކީ އޮތީ ލީގު އެކަންޏެވެ. ސަޢޫދީ ލީގުގައި އަލް ނަޞްރު މިވަގުތު 3 ވަނައިގައި އޮތްއިރު، އެއްވަނައިގައިވާ އިއްތިހާދާއި ދެމެދު މިވަގުތު 8 ޕޮއިންޓުގެ ފަރަގެއްވެއެވެ. ލީގުގައި ބާކީ 6 މެޗު އޮތްއިރު، މިހާރުގެ އަލް-ނަޞްރުގެ ފޯމުގައި ލީގު ހޯދުމަކީ ނާދިރުކަމެކެވެ. މިއާއެކު ރޮނާލްޑޯ ވަނީ ޖެހިޖެހިގެން 2 ސީޒަން އެއްވެސް ތައްޓެއް ނުލިބި ނިންމާލަން ޖެހިދާނެކަމުގެ ބިރު ހީވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މެޗުގެ ފަހު ވަގުތުތަކުގައި ލިބުނު ތިން ގޯލު ޖެހުމުގެ ފުރުސަތު، އޭގެ ތެރޭގައި ދެ ފްރީކިކް ހިމެނޭ ގޮތަށް، ރޮނާލްޑޯއަށް ބޭކާރުކޮށްލިއެވެ. އަދި ފުރަތަމަ ހާފުގައި އޭނާ ޖެހި ވަރުގަދަ ޝޮޓެއް ވަނީ ގޯލު ޕޯސްޓުގައި ޖެހިފައެވެ.

މި ބަލިވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ އަލް-ނަޞްރު ރޭގެ މެޗުގައި މޮޅަށް ކުލުނު ކަމަށާއި، އަލް-ނަޞްރުގެ ސަޕޯޓަރުންނަށް ކާމިޔާބީ ހައްޤުކަމަށެވެ.

40 އަހަރުގެ ރޮނާލްޑޯ މިހާރު މަސައްކަތް ކުރަމުންގެންދަނީ ފުޓްބޯޅައިގައި ފުރަތަމަ 1000 ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާށެވެ. އެގޮތުން އޭނާގެ ކެރިއަރުގައި މިހާތަނަށް 934 ގޯލު ޖަހާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 5 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | މަހެއް ކުރިންހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިން