logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންނަށް މިހާރު ލޯނަށް އެދެވޭނެ

މަސްވެރިންނަށް މިހާރު ލޯނަށް އެދެވޭނެ

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރަން ފަށައިފިއެވެ.

އެ ބޭންކުން ވިދާޅުވީ މިއަދުން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެއެވެ.
ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުން، ޕަރސަނަލް ފައިނޭންސިންގެ އިތުރުން، މަސްވެރިންނަށް ހޯމް ބިލްޑް ފައިނޭންސިންގް، ހޯމް ޕަރޗޭސް ފައިނޭންސިންގް އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް އަށްވެސް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

މަސްވެރިކަމަކީ ވަޒީފާއެއްގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގްގެ ތެރެއަށް ފެތި މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ ޚިދުމަތްތައް މަސްވެރިންނަށް ލިބޭ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މަސްވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކުރުމަށް، ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިމަހުގެ 28 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމަށާއި، މަރާމާތު ކުރުމަށާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. 

މަސްވެރިންނަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ލުއިތަކަކާއި އެކުއެވެ. އެގޮތުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފިޚަބަރު | 5 ދުވަސް ކުރިންމާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 16 ދުވަސް ކުރިންކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީޚަބަރު | 16 ދުވަސް ކުރިންޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއްޚަބަރު | 19 ދުވަސް ކުރިން