logo
Bank of Maldives

Bank of Maldives

World

އިސްރާޢީލްގެ 12،000 ހެކްޓަރުގެ ބިން އަނދައިފި

އިސްރާޢީލްގެ 12،000 ހެކްޓަރުގެ ބިން އަނދައިފި

އިސްރާޢީލްގައި މިހާރު ފެތުރިފައިވާ އަލިފާންގަނޑުތަކުގައި 12،000 ހެކްޓަރުގެ ބިން މުޅިން އަނދާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަލިފާންގަނޑުތައް ނިއްވައިލުމަށް ޔަހޫދީންގެ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު، އަލިފާނުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަލިފާންގަނޑުތަކުގައި އަނދާފައިވާ ބިންތަކުގެ ތެރޭގައި ގިނައީ ދަނޑުބިންތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލިފާނާ ގުޅިގެން މިހާތަނަށް 13 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގައި ޒަޔަނިސްޓު އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮންޓްރޯލެއް ނެތި އަލިފާންގަނޑު ފެތުރެމުން އަންނައިރު، މިހާރު އިސްރާއީލުން ހިފާފައިވާ ގުދުސް ކައިރިއަށް އަލިފާންގަނޑު ވަނީ ގޮސްފައެވެ. އަލިފަންގަނޑު ކޮންޓްރޯލް ކުރުމަށް 155 އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތިބިއިރު، ކޮންޓްރޯލް ކުރެވޭނެ އިރެއް އަދި އެނގިފައެއް ނުވެއެވެ.

އިސްރާއީލުގައި ކޮންޓްރޯލެއް ނެތި އަލިފާންގަނޑު ފެތުރެމުން އަންނާތީ، އެގައުމުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ ނޭޝަނަލް އެމަޖެންސީ ވެސް އިއުލާނުކޮށްފައެވެ.

އިސްރާއީލުގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އިސްވެރިޔާ، އެޔަލް ކަސްޕި ބުނެފައިވަނީ އެގައުމުގައި ރޯވެފައިވާ އަލިފާންގަނޑަކީ ގަރުނެއް ތެރޭގައި ރޯވި އެންމެ ބޮޑު އަލިފާންގަނޑު ކަމަށެވެ.

އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގައި އަލިފާން ރޯވެފައިވާއިރު, މި އަލިފާންގަނޑު އެންމެ ބޮޑަށް ރޯވެފައިވަނީ ފަލަސްތީނު މީހުންގެ "އޮލިވް" ގަސްތައް ކެނޑުމަށްފަހު, ޔަހޫދީން އިންދާފައިވާ "ޕައިން" ގަސްތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ރައީސަކީ "ބަލިކަށި އަދި ދަށުދަރަޖައިގެ މީހެއް": ޓްރަމްޕްދުނިޔެ | މަހެއް ކުރިންރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިޚަބަރު | 2 މަސް ކުރިންމެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 2 މަސް ކުރިންނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފިދުނިޔެ | 8 މަސް ކުރިން