logo
Bank of Maldives

Bank of Maldives

ޚަބަރު

ސަންޕާ ސަރަހައްދަށް ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގައި ދިދަ ނެގުން މަޖުބޫރުކޮށްފި

ސަންޕާ ސަރަހައްދަށް ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގައި ދިދަ ނެގުން މަޖުބޫރުކޮށްފި

އދ. އަތޮޅުގެ "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަހައްދަށް ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގައި ދިދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ސަންޕާ އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނަށް ގެނެވުނު އިސްލާހެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަންޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ ސަރަހައްދު ކަމަށްވާތީ، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން މި ސަރަހައްދަށް ޒިޔާރަތްކުރެއެވެ.

އެހެންނަމަވެސް، މި ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާތީ، ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާކޮށްފައެވެ. މީގެ ތެރޭގައި އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކުރުން ހިމެނެއެވެ.

އައު އިސްލާހުގެ ދަށުން، ސަންޕާ ސަރަހައްދުގެ ކޮންޓެކްޓް ޒޯނަށް ވަންނަ އުޅަނދުތަކަށް ޚާއްޞަ ދިދައެއް ދޫކުރެވޭނެއެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު އުޅަނދުގައި މި ދިދަ ނަގާފައި ބަހައްޓަން ޖެހޭނެއެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އަންގަންޖެހޭނެއެވެ.

ސްނޯކަލް ނުވަތަ ޑައިވް ކުރުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ލައިވް ލޮކޭޝަން ހިއްސާކުރަންޖެހޭނެއެވެ. އަދި ކޮންޓެކްޓް ޒޯނުގައި ހަރަކާތްތެރިވާއިރު، ފެހުރިހި ބެލުމަށް ޓޫރިސްޓުން މޫދަށް ބޭލުމަށް އުޅަނދު ކައިރި ކުރަންވާނީ ފެހުރިހި ދަތުރުކުރާ މަގަށް ހުރަސް ނޭޅޭ ގޮތަށެވެ.

މި އައު ގަވާއިދުތަކުގެ ދަށުން، ކޮންޓެކްޓު ޒޯނުގައި ހިމެނޭ 250 މީޓަރުގައި ފެހުރިހި ބެލުމަށް އެއްފަހަރާ ކައިރިވެވޭނީ ރޭންޖާ އުޅަނދު ހިމެނޭ ގޮތަށް ހަ އުޅަނދަކަށެވެ.

މި ފިޔަވަޅުތަކަކީ ސަންޕާ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކޮށް، ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދީފިޚަބަރު | 7 ދުވަސް ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 9 ދުވަސް ކުރިންބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދީފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން