logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓޮޓްނަމް މޮޅުވެ، ޔޫރޮޕާލީގު ފައިނަލުގައި އިނގިރޭސި ދެޓީމު ފެނުމުގެ ފުރުސަތު

އަބްދުﷲ ޣާނިމް
2 މޭ 2025 - 05:58
2008 ގެ ފަހުން ތައްޓެއް ހޯދުމުގެމަސައްކަތްކުރާ ޓޮޓްނަމް އަށް ލިބުނު މިއީ ރަނުގެ ފުރުސަތެއް
2008 ގެ ފަހުން ތައްޓެއް ހޯދުމުގެމަސައްކަތްކުރާ ޓޮޓްނަމް އަށް ލިބުނު މިއީ ރަނުގެ ފުރުސަތެއް

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ނޯވޭގެ ބޯޑޯ/ގްލިމް އާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓްނަމް ހޮޓްސްޕަރ ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެ, ޔޫރޮޕާ ލީގުގެ ފައިނަލުގައި އިނގިރޭސިވިލާތުގެ ދެ ޓީމު ބައްދަލުކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފައެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ ބްރެނަން ޖޯންސަންއެވެ. ރިޗާލިސަން ދިން ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ މި ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ވަނީ ޓޮޓްނަމްގެ ދެވަނަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބުކުރުމަށް މަސައްކަތްކުރަމުންދާ ޓޮޓްނަމްގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނެޓުގައި ޑޮމިނިކް ސޮލާންކޭއެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ބޯޑޯ/ގްލިމްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި އޮއްވައެވެ. މެޗު ނިމުނީ 3-1 އިންނެވެ.

މިމޮޅުވުމާއެކު އިނގިރޭސި ލީގުގެ 17 ވަނައިގައި އޮތް ޓޮޓްނަމް އަށްވެސް މުބާރާތް ކާމިޔާބުކޮށްގެން ޗެންޕިއަންސް ލީގަށް ކޮލިފައި ވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުވެންޓަސް އާއި ޑޯޓްމަންޑް މެޗު ހަމަހަމަވެ، ޓޮޓްނަމް ފުރަތަމަ މޮޅުވުން ހޯދައިފިކުޅިވަރު | 2 ދުވަސް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 5 ދުވަސް ކުރިންޗެލްސީއަށް ހަތަރު ހަފްތާއިން ނުހެދުނު ސިމޯންސްގެ ޓްރާންފާ ޓޮޓްނަމް އިން ދެދުވަސްތެރޭގައި ނިންމައިފިކުޅިވަރު | 21 ދުވަސް ކުރިންސިޓީގެ އަމިއްލަ ދަނޑުގައި ހަމަބިމަށް ތިރިކޮށް ގުއާޑިއޯލާގެ ސުޕަ ސްކޮޑް ލަދުގަންނަވާލައިފިކުޅިވަރު | މަހެއް ކުރިން