logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުއޭފާގެ ތިން މުބާރާތް ކާމިޔާބުކުރާ ހަމައެކަނި ޓީމަށްވުމުގެ ފުރުސަތު ޗެލްސީއަށް

އަބްދުﷲ ޣާނިމް
2 މޭ 2025 - 06:07
ރޭގެ މެޗުގައި މަޑުއެކޭ ގެ ގޯލާއެކު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ޗެލްސީ
ރޭގެ މެޗުގައި މަޑުއެކޭ ގެ ގޯލާއެކު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ޗެލްސީ

ކޮންފަރެންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ސްވިޑަންގެ ޖިއޯގާޑަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް ދިއުމާއި ގާތަށް ޗެލްސީ ޖެހިލައިފިއެވެ. މިއާއެކު ޔުއޭފާ އިން ކުލަބުތަކަށް އަމާޒުކޮށްގެން ބާއްވާ ތިން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ޓީމަށްވުމުގެ ފުރުސަތު ޗެލްސީއަށް ވަނީ ލިބިގެންގޮސްފައެވެ. ޗެލްސީއިން މީގެކުރިން ޗެންޕިއަންސް ލީގު 2012 އަދި 2021 ވަނަ އަހަރު ކާމިޔާބުކޮށްފައިވާއިރު، 2013 ވަނަ އަހަރުގައި ޗެލްސީވަނީ ޔޫރޮޕާ ލީގު ނަގާފައެވެ. އެހެންކަމުން 2021 ވަނަ އަހަރު ޔުއޭފާ އިން އަލަށް ފެށި ކޮންފަރެންސް ލީގުގެ ތަށި ހޯދައިގެން ޔުއޭފާ ގެ ތިން މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ޓީމުގެ ފުރުސަތަށް ވުމުގެ ޗެލްސީއަށް ވަނީ ލިބިފައެވެ.

ރޭގައި ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޖަހާފައިވަނީ ޖޭޑަން ސަންޗޯއެވެ. އެންޒޯ ފެނާންޑޭޒްގެ ޕާހަކުން މި ލަނޑު ކާމިޔާބުކުރި އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޮނީ މަޑުއޭކޭ ވަނީ އިތުރު ލަނޑެއް ޖަހައި ޗެލްސީގެ ލީޑު 2-0 އަށް ބޮޑުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ކޯޗު އެންޒޯ މަރެސްކާ ގެނައި ބަދަލުތަކާއެކު ކުޅުމަށް އަރާފައިވާ ނިކޮލަސް ޖެކްސަން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-0 އަށް ގެންގޮސްފައެވެ. ޖިއޯގާޑަންގެ ހަމައެކަނި ލަނޑު 68 ވަނަ މިނެޓުގައި ޖަހާފައިވަނީ އަލެމަޔޭހޯއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީ ބަލިކޮށް އާސެނަލުން ޓްރަސްޓް ދަ ޕޮރޮސެސްގެ ދިގު އިންތިޒާރު ނިމުމަކާ ގާތަށްކުޅިވަރު | 17 ގަޑިއިރު ކުރިންފަހުވަގުތު އެންޒޯ ޖެހި ގޯލާއެކު ފަހަތުން އަރައި މޮޅުވެ، ޗެލްސީ ގަދަ ހަތަރަކަށްކުޅިވަރު | 4 ދުވަސް ކުރިންޗެލްސީގެ ކޯލް ޕާމާ ޔުނައިޓެޑަށް ބަދަލުވަނީކުޅިވަރު | 8 ދުވަސް ކުރިންޗެލްސީ ބަލިކޮށް އާސެނަލް އިނގިރޭސި ލީގުކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 21 ދުވަސް ކުރިން