logo
MPL

MPL

ޚަބަރު

ވަޒީރު ޝަހީމް އަދާލަތު ޕާޓީއަށް އަލުން ސޮއިކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

އަދާލަތު ޕާޓީގެ އެއް މުއައްސިސުކަމުގައިވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވައިފިއެވެ.

ވަޒީރު އެ ޕާޓީއަށް ސޮއިކުރެއްވިކަން އިއުލާންކުރެއްވީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

" މާތް ﷲ ގެ ޙަޟްރަތުން ވާގި އެދި އަދާލަތު ޕާޓީއަށް މެންބަރުކަމުގެ ފޯމް ހުށަހަޅައިފިން،" އެ ޕޯސްޓުގައި ވަޒީރު ވިދާޅުވިއެވެ.

އަދާލާތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން ވަޒީރު އިއުލާންކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. އެގޮތުން އެކަން އިއުލާންކުރައްވަމުން ވަޒީރު ވިދާޅުވި ވަނީ އެ ޕާޓީގެ ރައީސަކު ހޮވުމަށް މި އަހަރު ފަހުކޮޅު ބާއްވާ އިންތިޙާބުގައި ވެސް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.

އަދި އޭގެ ފަހުން، އެ ޕާޓީގެ ރައީސްކަމަށް އިންތިޚާބުވެއްޖެނަމަ އެ ޕާޓީ ކުރިއަރުވަން ކުރައްވާނެ ކަންކަން ވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން  ޕާޓީގެ ސަފުތައް އަލުން އިޢާދަކޮށް، ޕާޓީ އުފެއްދުމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއި ޢިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އަދި އަދާލަތު ޕާޓީ ޑިވެލޮޕްމަންޓް ފަންޑުގެ ނަމުގައި މެންބަރުން ޝާމިލުވާނެހެން ޕާޓީގެ ފަންޑެއް ޤާއިމުކޮށް ޕާޓީގެ އަމިއްލަ ފުދުންތެރިކަން ޤާއިމުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި ފަންޑުގެ މަޤްޞަދުތަކުގެ ތެރޭގައި މެންބަރުން ބިނާކުރުމާއި، މެންބަރުން އިތުރު ކުރުމާއި، މެންބަރުންނަށް ޒަމާނީ މަތީ ތަޢުލީމު ދިނުމާއި، ޚާއްޞަ ޙާލަތްތަކުގައި އެހީވުމާއި، އިންތިޚާބުތަކުގައި ޚަރަދަށް ބޭނުންވާ ފައިސާ ޙަލާލު ގޮތުގައި ހޯދުން ހިމެނެއެވެ.

އަދާލަތު ޕާޓީން ވަކިވެވަޑައިތުމުގެ ކުރިން، ވަޒީރު ޝަހީމް ވަނީ އެ ޕާޓީއަށް 12 އަހަރު ޚިދުމަތްކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި އެ ޕާޓީގެ ސްލޮޓުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ އިސްލާމިކް މިނިސްޓަރުކަން ވެސް ވަޒީރު ކުރެއްވިއެވެ.

 


 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 2 ދުވަސް ކުރިންވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 16 ދުވަސް ކުރިންމާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމްޚަބަރު | 18 ދުވަސް ކުރިންމިއަހަރުގެ ތެރޭ އިތުރު 20 މިސްކިތެއް ހުޅުވާނެ: ޝަހީމްޚަބަރު | 23 ދުވަސް ކުރިން