logo
Bank of Maldives

Bank of Maldives

ޚަބަރު

މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވުން ލަސްކުރީ ޝެޑިއުލް ދަތުރުތަކާއެކު ފެށުމަށް: މުބީން

މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވުން ލަސްކުރީ ޝެޑިއުލް ދަތުރުތަކާއެކު ފެށުމަށް: މުބީން

މ.މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވުން ލަސްކޮށްފައިވަނީ ޝެޑިއުލް ދަތުރުތަކާއެކު އެއަރޕޯޓްގެ ޚިދުމަތް ފެށުމަށް ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ.

ކުރިން ނިންމާފައި އޮތީ މިމަހުގެ 1 ވަނަ ދުވަހު ބާއްވާ ޚާއްސަ ރަސްމިއްޔާތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށެވެ. ނަމަވެސް، އެއަރޕޯޓް ހުޅުވުން ލަސްވުމާ ގުޅިގެން "މެންދުރު ޓީވީ" އަށް މަޢުލޫމާތު ދެއްވަމުން މުބީން ވިދާޅުވީ މިހާރު ކުރަމުންދަނީ ސިވިލް އޭވިއޭޝަނުން ހަދާ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެއަށްފަހު ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް، ރަސްމީކޮށް އެއަރޕޯޓްގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދަނީ،" މުބީން ވިދާޅުވިއެވެ.

މުބީން އިތުރަށް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު މުލި އެއަރޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ޝައުޤުވެރިވާ އޮޕަރޭޓަރުން ހޯދުމަށް އިޢުލާނު ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ފްލައިމީ އަދި މަންޓާ އެއަރލައިންއާ މަޝްވަރާ ކުރާނެ ކަމަށާއި، މިހާރުވެސް މޯލްޑިވިއަން އިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމާޝަލް އޮޕަރޭޝަން ފެށުމަށް 25 ދުވަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެނީ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ކޮމާޝަލް އޮޕަރޭޝަން ފެށޭ ދުވަހު، ކޮމާޝަލް ފްލައިޓަކާއެކު އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް،" މުބީން ވިދާޅުވިއެވެ.

މުލި އެއަރޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގައެވެ. އެއީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. މި ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރާ ދަތުރެކެވެ.

މުލި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން ގޮސްފައިވަނީ އެމްޓީސީސީންނެވެ. މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއެކު އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް 212 މިލިއަން ރުފިޔާއަށް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރެވުނެވެ. ނަމަވެސް، ފައިސާގެ ދަތިކަމާ ގުޅިގެން މަސައްކަތް ލަސްވެގެން ގޮސްފައިވާ ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި މިހާރު 12 އަށް ވުރެ ގިނަ އެއަރޕޯޓް ޤާއިމްކޮށްފައިވާއިރު، އިތުރު އެއަރޕޯޓްތައް ވެސް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުބީން ފާހަގަކުރެއްވިއެވެ. މިއީ މިހާރުގެ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް 30 މިނެޓު ތެރޭގައި ދެވޭނެ އެއަރޕޯޓެއް ޤާއިމްކުރުމުގެ މަޤްޞަދުގައި ކުރެވޭ މަސައްކަތްތަކެކެވެ.

މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވިގެންދާއިރު އެއާއެކު ކޮމާޝަލް ދަތުރުތައް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ބޭނުންފުޅުވާ ކަމަށް މުބީން ވިދާޅުވިއެވެ. މިކަމުން އެނގެނީ މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު ރައްޔިތުންނަށް ދަތުރުފަތުރުގެ ފަހިކަން ގެނެސްދިނުމަށް އަދުގެ ސަރުކާރުން އިސްކަމެއް ދެއްވާ މިންވަރެވެ.

މި އެއަރޕޯޓް ހުޅުވުމުން މުލި އަދި އެ ސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ. އަދި ޓޫރިޒަމް ދާއިރާއަށްވެސް މީގެ ސަބަބުން ކުރިއެރުން ލިބޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިމަރަފުށީ ފުޓްސަލް ޓީމަށް ކާމިޔާބީއަށް އެދި ނިއުގެ ޗެއާމަން މުބީން ހިތްވަރު ދެއްވައިފިކުޅިވަރު | 3 ދުވަސް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | މަހެއް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | މަހެއް ކުރިންއުމެއިރަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް، ރައީސްގެ ދަރިކަލަކަށް ވުމުން ކުޅުމުން މަހްރޫމް ވާކަށްނުޖެހޭ: މުބީންޚަބަރު | މަހެއް ކުރިން