logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޤައުމީ ޓީމުގެ ޑިފެންޑަރ ޕީކޭ ނިއުރޭޑިއަންޓަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
2 މޭ 2025 - 17:17
ތަޖުރިބާކާރު ޑިފެންޑަރ ކުރިޔަށް އޮތް ލީގު ކަޕްގައި ކުލޭނީ ނިއުރޭޑިއަންޓަށް
ތަޖުރިބާކާރު ޑިފެންޑަރ ކުރިޔަށް އޮތް ލީގު ކަޕްގައި ކުލޭނީ ނިއުރޭޑިއަންޓަށް

ރާއްޖޭގެ ޤައުމީ ޓީމުގެ ޑިފެންޑަރ މުޙަންމަދު ނިޒާމް (ޕީކޭ) ކުރިޔަށް އޮތް އެފް.އޭ.އެމް ލީގުކަޕްގައި ނިއުރޭޑިއަންޓްގެ ޓީމަށް ކުޅެން އެއްބަސްވެއްޖެއެވެ. ސުޕަރ ސްޕޯރޓްސް ޔުނައިޓެޑް (ސަސް) ގެ މުޙައްމަދު ނިޒާމް މިމުބާރާތުގައި ނިއު އަށް ކުޅުމަށް ކުލަބުން ރިލީސް ދީފައިވާކަން ނިއުގެ ޗެއާރމަން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން ނާޒިމް ނިއުގެ ފަރިތަކުރުން ތަކުގައި މާދަމާ ބައިވެރިވާނެކަމަށް ކުލަބުން މަޢުލޫމާތުދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2025-05-02 at 17.25.47_236db966.jpg

ޤައުމީ ޓީމުގެ ޑިފެންޑަރ މުޙަންމަދު ނިޒާމް (ޕީކޭ)

 

އެއްވަނަ ޑިވިޝަނަށް އަމާޒުހިފާފައިވާ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބް ނިއުރޭޑިއަންޓުން ކުރިޔަށް އޮތް އެފް.އޭ.އެމް ލީގުކަޕްގައި ބައިވެރިވެފައިވާއިރު، މިމުބާރާތުގައި ނިއުރޭޑިއަންޓް ތަމްސީލުކުރާނެ ކުޅުންތެރިންގެ ސްކޮޑް މިހާރުވަނީ އެކުލަވާލާފައެވެ. ނިއުގެ ސްކޮޑްގައި ޒުވާން ކުޅުންތެރިންނާއި ފުޓްސެލްގެ އެންމެ މަތީ ފަންތީގެ ކުލުންތެރިންގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ތަޖުރިބާހުރި ކުޅުންތެރިން ހިމަނާފައިވާއިރު، ޓީމުގައި މިސްރު ކުޅުންތެރިއެއްވެސް ހިމެނިފައިވެއެވެ.

އެގޮތުން މިމުބާރާތުގައި ނިއުގެ ގޯލުބެލެހެއްޓުމަށް ޔުނައިޓެޑް ވިކްޓްރީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ކީޕަރު އަލީ ނާޖިޙް (ނާޖީ) ގެ ސޮއި ހޯދާފައިވާކަން މީގެކުރިން ވަނީ އިޢުލާން ކޮށްފައެވެ.

އާދިއްތަ ދުވަހުގެރޭ ފަށާ ލީގު ކަޕްގައި ބައްދަލުކުރަނީ، ފުރަތަމަ ޑިވިޝަންގެ ތިން ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމެވެ. ފުރަތަމަ ޑިވިޝަނުން އޮޑި ސްޕޯޓްސް ކްލަބް އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން އެންމެ ފަހުން ހަތަރު އަހަރު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރާއިރު، ދެ ވަނަ ޑިވިޝަނުން މި މުބާރާތުގައި ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.

494695899_122099084528860207_8121430231539863438_n.jpg

ނިއުރޭޑިއަންޓްގެ މެޗް ޝެޑިއުލް

5 ޓީމެއް ހިމެނޭގޮތަށް އެފް.އޭ.އެމް އިން ބާއްވާން ހަމަޖެހިފައިވާ މިމުބާރާތް މިމަހުގެ ހަތަރުވަނަ ދުވަހުގައި ފަށާއިރު، 5 ވަނަ ދުވަހުގެ ހަވީރު ނިއުރޭޑިއަންޓް އާއި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބު ވާދަކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފިކުޅިވަރު | 19 ދުވަސް ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | 2 މަސް ކުރިންއީތަން ޒަކީ ނިއުއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް ކްލަބުން ދޮގުކޮށްފިކުޅިވަރު | 2 މަސް ކުރިންޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފިކުޅިވަރު | 2 މަސް ކުރިން