logo
ކުޅިވަރު

ލީގުކަޕްގައި ޓީސީ އާއި އޮޑި ބައްދަލުކުރި ފުރަތަމަ މެޗު އެއްވަރު

އަބްދުﷲ ޣާނިމް
5 މޭ 2025 - 03:14
ޓީސީ އާއި އޮޑި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
ޓީސީ އާއި އޮޑި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

އެފްއޭއެމް ލީގުކަޕްގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ރޭ ކުޅުނު މެޗުގައި ދެޓީމުން ވަރަށް ވާދަވެރި ކުޅުމެއް ދައްކާފައިވެއެވެ. މިއީ ދިގު މެދުކެނޑުމަކަށްފަހު މި ދެޓީމުވެސް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ޓީސީ ސްޕޯޓްސް ކުލަބުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު މެޗެއް ކުޅެފައި ނުވާއިރު، އޮޑި އެންމެފަހުން ކުޅެފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުޅުނު ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފްއޭއެމްއިން މުބާރާތެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވުމަށްފަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ލަސްވަމުންދާތީ ފީފާގެ އިރުޝާދާއެކު ހުރިހާ ޑިވިޝަނަކަށް އަމާޒުކޮށްގެން ހުޅުވާލެވުގެން ކުރިޔަށްދާ މިމުބާރާތުގައި ޖުމްލަ 5 ތީާމަކުން ވާދަކުރެއެވެ.

މި މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގެ ޓީސީ އާއި އޮޑީގެ އިތުރުން ދެވަނަ ޑިވިޝަނުގެ ނިއުރޭޑިއަން ސްޕޯޓްސް ކުލަބާއި މަހިބަދޫއެވެ. އަދި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުވެސް މުބާރާތުގައި ވާދަކުރެއެވެ.

މި މަހުގެ 28 ގެ ނިޔަލަށް ކުރިޔަށްދާ މުބާރާތުގެ މިއަދުގެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓް ބަލިކޮށް އޮޑި ފައިނަލަށްކުޅިވަރު | 4 މަސް ކުރިންސެމީގައި މާޒިޔާ އާއި ޓީސީ، ނިއު ނިކުންނާނީ އޮޑިސްޕޯރޓްސް އާއި ދެކޮޅަށްކުޅިވަރު | 4 މަސް ކުރިންކުޅުނު ތިން މެޗުންވެސް މޮޅުވެ، މާޒިޔާ އެއްވަނައިގައި ސެމީ ކަށަވަރުކުރުމާއި ގާތުގައިކުޅިވަރު | 4 މަސް ކުރިންޓީސީ ބަލިކޮށް އިނދިކޮޅު ޓީމުަތަކަށް ނިއު އިން ވަރުގަދަ މެސެޖެއްކުޅިވަރު | 4 މަސް ކުރިން