logo
ކުޅިވަރު

ނިއުރޭޑިއަންޓް ބަލިކޮށް އޮޑި ފައިނަލަށް

އަބްދުﷲ ޣާނިމް
26 މޭ 2025 - 03:28
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: އޮޑީ ސްޕޯރޓްސް
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: އޮޑީ ސްޕޯރޓްސް

އެފްއޭއެމް ލީގު ކަޕް 2025 ގެ ފައިނަލްގެ ފަހު ޖާގަ އޮޑި ސްޕޯޓްސް ކުލަބުން ވަނީ ހޯދައިފައެވެ. ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި އޮޑިން ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް 2-1 އިން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނިއު ރޭޑިއަންޓްގެ މޫސާ ޔާމީން (ޔާންބެ) އެވެ. އެއީ މެޗުގެ 38 ވަނަ މިނިޓްގައެވެ. ފުރަތަމަ ހާފްގައި އޮޑިންވެސް ވަނީ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން ހައިސަމް ރަޝީދު (ހައި) އަށް އޭރިއާ ބޭރުން ލިބުނު ބޯޅައެއް ގޯލަށް އަމާޒުކުރި ނަމަވެސް، އެ ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިގެން ބޭރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފްގައި އޮޑިން ގެނައި ބަދަލުތަކާއެކު އެޓީމުގެ އެޓޭކިން ވަރުގަދަވެގެން ދިޔައެވެ. މެޗުގެ 71 ވަނަ މިނިޓްގައި އޮޑިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖެހީ ކޯނަރަކުން ލިބުނު ބޯޅައަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިސްރުގެ އާޝޫރު އެލް ސައީދެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ކުޅުމުގައި އޮޑީގެ އަހުޒަމް ރަޝީދު ނެގި ކޯނަރ ކިކަކުން އަހުމަދު ނޫމާން ބޮލުން ޖެހި ލަނޑާއެކު އޮޑިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މޮޅުވުމާއެކު އޮޑިން ވަނީ ލީގު ކަޕްގެ ފައިނަލަށް ގޮސްފައެވެ. ފައިނަލްގައި އޮޑިން ބައްދަލުކުރާނީ މާޒިޔާއާއެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓް ބަލިކޮށް އޮޑި ފައިނަލަށްކުޅިވަރު | 4 މަސް ކުރިންސެމީގައި މާޒިޔާ އާއި ޓީސީ، ނިއު ނިކުންނާނީ އޮޑިސްޕޯރޓްސް އާއި ދެކޮޅަށްކުޅިވަރު | 4 މަސް ކުރިންކުޅުނު ތިން މެޗުންވެސް މޮޅުވެ، މާޒިޔާ އެއްވަނައިގައި ސެމީ ކަށަވަރުކުރުމާއި ގާތުގައިކުޅިވަރު | 4 މަސް ކުރިންޓީސީ ބަލިކޮށް އިނދިކޮޅު ޓީމުަތަކަށް ނިއު އިން ވަރުގަދަ މެސެޖެއްކުޅިވަރު | 4 މަސް ކުރިން