logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓީސީ ބަލިކޮށް އިނދިކޮޅު ޓީމުަތަކަށް ނިއު އިން ވަރުގަދަ މެސެޖެއް

އަބްދުﷲ ޣާނިމް
13 މޭ 2025 - 17:35
ގޯލުޖެހުމަށްފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ގޯލުޖެހުމަށްފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މި މުބާރާތުގެ ފުރަތަމަ މޮޅު ހޯދައި، މުބާރާތުގައި ބައިވެރިވާ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއް ދީފިއެވެ.
މިމެޗަށް ނިކުތުމުގެ ކުރިން މެނޭޖްމަންޓާއި ކޯޗުވެސް ވަނީ މިމެޗު ކާމިޔާބުކުރުމުގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކޮށްފައެވެ.

_87A4663.jpg

ކުލަބުގެ ޗެއަރމަން އާއެކު ނިއުގެ މެނޭޖްމަންޓް

Ad by Hajj Corporation

Ad by Hajj Corporation

 

މެޗުފެށިގެން ނިއުރޭޑިއަންޓުން އައީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ އުޒްބަކިސްތާނުގެ ޑިފެންޑަރު ފުރްކަޖޯން އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ނިއު ރޭޑިއަންޓަށް ލީޑު ނަގައިދިނީ ރަފީގު އަމީން އެވެ. މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީގު ވަނީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ލަނޑެއް ޖަހާފައެވެ.

_87A4959.jpg

މެޗުތެރެއިން.

 

ނިއު ރޭޑިއަންޓުން ލީޑު ނެގުމާއެކު ޓީސީ ސްޕޯޓްސް ކުލަބުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، 59 ވަނަ މިނެޓުގައި ޒަޔާން ނަސީރުގެ ލަނޑަކުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް 67 ވަނަ މިނެޓުގައި މޫސާ ޔާމިން (ޔާންބެ) ގެ ލަނޑަކުން ނިއު ރޭޑިއަންޓުން އަލުން ލީޑު ނެގިއެވެ.

މެޗުގެ ފަހު ވަގުތުތަކުގައި ނިއު ރޭޑިއަންޓުގެ ހަމަލާތައް އިތުރުވެގެންދިޔައެވެ. އެގޮތުން ރަފީގު އަމީންގެ ދެވަނަ ލަނޑާއި އާދަމް ނާސިހުގެ ލަނޑާއެކު މެޗު ނިމުނުއިރު ނިއު ރޭޑިއަންޓުން ވަނީ 4-1 އިން މޮޅުވެފައެވެ.

މި މުބާރާތުގައި ޓީސީ ސްޕޯޓްސް ދެން ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ހަމަ އެރޭ 9:00 ގައި ނިއު ރޭޑިއަންޓް ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފިކުޅިވަރު | 19 ދުވަސް ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | 2 މަސް ކުރިންއީތަން ޒަކީ ނިއުއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް ކްލަބުން ދޮގުކޮށްފިކުޅިވަރު | 2 މަސް ކުރިންޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފިކުޅިވަރު | 2 މަސް ކުރިން