logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

6 އަހަރުފަހުން ނިއު އާއި މާޒިޔާގެ ފުރަތަމަ ކުރިމަތިލުން މިއަދު ހަވީރު

އަބްދުﷲ ޣާނިމް
5 މޭ 2025 - 08:51
ނިއުރޭޑިއަންޓާއި މާޒިޔާ 2018 ވަނަ އަހަރު ވާދަކުރި މެޗުގެ ތެރެއިން.
ނިއުރޭޑިއަންޓާއި މާޒިޔާ 2018 ވަނަ އަހަރު ވާދަކުރި މެޗުގެ ތެރެއިން.

ދިވެހި ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް މިއަދަކީ ވަރަށް ޚާއްސަ ދުވަހަކެވެ. މިއަދަކީ 6 އަހަރާއި 5 މަހާއި 5 ދުވަސްފަހުން ވާދަވެރި މެޗެއްގައި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބު ނިއުރޭޑިއަންޓާއި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފަހުގެ ޗެންޕިއަން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބު ވާދަވެރި މެޗެއްގައި ގަލޮޅު ދަނޑަށް ނިކުންނަ ދުވަހެވެ.

ދުވަސްތަކަކަށްފަހު މިދެޓީމު ގަލޮޅި ދަނޑަށް ނިކުންނައިރު ދެޓީމުގެ ވެސް އޮތީ މިމުބާރާތަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައެވެ. އެގޮތުން ނިއުރޭޑިއަންޓްއަށް ބޭރު 4 ކުޅުންތެރިން ގުޅިފައިވާއިރު، މާޒިޔާ ޓީމުގައިވެސް ބޭރު ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ޤައުމީ ޓީމުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_5104.JPG

ނިއުރޭޑިއަންޓް ގެ ޕްރެކްޓިސް ގެ ތެރެއިން

IMG_5101.JPG

ނިއުރޭޑިއަންޓް ގެ ޕްރެކްޓިސް ގެ ތެރެއިން

IMG_5102.JPG

ނިއުރޭޑިއަންޓް ގެ ޕްރެކްޓިސް ގެ ތެރެއިން

 

މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައި ދިވެހި ޕްރީމިއަރ ލީގުގައެވެ. މިމެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މިދެޓީމު މިހާތަނަށް ބައްދަލުކޮށްފައިވާ މެޗުތަކަށް ބަލާއިރު، މިހާތަނަށް މިދެޓީމު 30 މެޗެއް ކުޅެފައިވެއެވެ. މީގެތެރެއިން 12 މެޗަކުން ނިއުރޭޑިއަންޓް މޮޅުވެފައިވާއިރު، 12 މެޗެއް މާޒިޔާވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި މީގެ ތެރެއިން 6 މެޗެއް ނިމިފައިވަނީ އެއްވަރުވެގެންނެވެ. މިދެޓީމު ވާދަކޮށްފައިވާ މެޗުތަކުގެ ތެރެއިން ނިއުރޭޑިއަންޓުން މިހާތަނަށް 44 ގޯލެއް ޖަހާފައިވާއިރު، މާޒިޔާ އިން ވަނީ 41 ގޯލެއް ކާމިޔާބުކޮށްފައެވެ.

ނިއުރޭޑިއަންޓް 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ސަސްޕެންޑު ކުރުމާއި ހަމައަށް ވެސް އައީ ފުރަތަމަ ޑިވިޝަނުގައި ވާދަވެރި ކުޅުމެއް ދައްކަމުންނެވެ. އަދި ފާހަގަކޮށްލެވޭ ގޮތުގައި މާޒިޔާ އަކީ ރާއްޖޭގެ ފުޓްބޯޅަ ލީގުގެ އެންމެ ފަހުން 4 އަހަރުގެ ޗެންޕިއަނުންނެވެ.

ނިއުރޭޑިއަންޓާއި މާޒިޔާ ވާދަކުރާ މެޗު މިއަދު ހަވީރު 16:00 ގައި ގަލޮޅު ދަނޑުގައި ކުޅެވޭއިރު، މިމެޗަކީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބުރު ބަލިކޮށް ނިއުއިން މުހިންމު މޮޅެއްކުޅިވަރު | 11 ގަޑިއިރު ކުރިންބޮޑު ތަފާތަކުން ގްރީން ބަލިކޮށް، މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 8 ދުވަސް ކުރިންނިއުރޭޑިއަންޓު މިހާ ހިސާބަށް ގެނެސްދޭން މަސައްކަތްކުރި އެންމެންނަށް ކުއީން ވަހީދުގެ ޝުކުރުކުޅިވަރު | 11 ދުވަސް ކުރިންއުއްމީދުކުރި ވަރަށް މީހުން ދަނޑަށް ވަތް، އިހުއޮތް ފޯރި ގެނެވޭނެ، ފެންނަނީ އުއްމީދީ މަންޒަރެއް: މުބީންކުޅިވަރު | 12 ދުވަސް ކުރިން