logo
ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

މަހާޒްއާއި އަޒްމިރަލްދާގެ މައްސަލަ ކޮމެޓީގައި ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ބާ ކައުންސިލުން އެދިއްޖެ

މަހާޒްއާއި އަޒްމިރަލްދާގެ މައްސަލަ ކޮމެޓީގައި ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ބާ ކައުންސިލުން އެދިއްޖެ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއްނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމޓީގައި ކުރިއަށްދަ މައްސަލަ ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ބާ ކައުންސިލުން މިއަދު އެދެފި އެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި އެދިފައިވަނީ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީން އަމަލުކުރަމުންދަނީ ގާނޫނާ އެއްގޮތްވާގޮތުގެ މަތީންކަން ކަށަވަރުކޮށްދިނުމަށެވެ. އަދި އެ ދެ ފަނޑިޔާރުންނަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދިނުމަށް ބާ ކައުންސިލުން އެދެ އެވެ. އަދި ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް ރިއާޔަތްކުރުމަށާ ނިންމާފައިވާ ނިންމުންތަކާއި އެއަށް ވާސިލްވެފައިވަނީ ބުރަދަން ހުރި ހެކީގެ މައްޗަށްކަން ކަށަވަރުކޮށްދިނުމަށްވެސް ބާކައުންސިލުން އެދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ކުރިއަށް ގެންދާ މައްސަލާގައި ފަނޑިޔާރުންގެ އިއުތިރާޒް ނެތް ނަމަ، ކޮމެޓީ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ބާ ކައުންސިލުން އެދިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ޑރ. އަޒްމިރާލްދާއާއި ފަނޑިޔާރު މަހާޒް ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި، ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ.

އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމާއި، އެކަމުގެ ކޮރަޕްޝަން ހިމެނޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް އާއި ހުތުރުބަހުން މުޚާތަބުކުރި ކަމަށް ބުނާ މަޖިލީހުގައި ދެ ފަނޑިޔާރުން ބައިވެރިވި ކަމަށް ބުނާ މައްސަލައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 2 ދުވަސް ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 2 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފިޚަބަރު | 2 ދުވަސް ކުރިން