logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހަފްތާއެއް ކުރިން އެކުލަވާލައި 2 ޕްރެކްޓިސްއެއް ކުރެވުނު ނިއު ދެއްކީ އާދަޔާ ޚިޔާފު ހިތްވަރެއް

އަބްދުﷲ ޣާނިމް
6 މޭ 2025 - 05:28
އިއްޔެ ކުޅެވުނު މެޗުގެ ތެރެއިން.
އިއްޔެ ކުޅެވުނު މެޗުގެ ތެރެއިން.

އެފް.އޭ.އެމް ފުޓްބޯޅަ ލީގަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބު ޓީމު އެކުލަވާލައިގެން މަސައްކަތް ފެށީ މީގެ ހަފްތާއެއް ކުރިންނެވެ. އެގޮތުން ޓީމުގެ ކުޅުންތެރިން އިޢުލާނު ކުރެވި ޕްރެކްޓިސް ފެށިގެންދިޔައީ މިމަހުގެ 3 ވަނަ ދުވަހުގައެވެ. ޓީމަށް މެނޭޖަރެއް ހަމަޖެހުނުތާ ވީ ދެތިންދުވަހެވެ. ޖުމްލަ 2 ޕްރެކްޓިސް އާއެކު ރާއްޖޭގެ އެންމެ ތަޖުރިބާކާރު، ޤައުމީ ޓީމުގެ 15 ކުޅުންތެރިންނާއި ދެކޮޅަށް ނިކުތްއިރު ގިނަބައެއްގެ ހިތުގެ ތެރޭގައި އޮތީ އެންމެ ސުޥާލެކެވެ. މިވަރުގެ ތަޖުރިބާކާރު ޓީމަކުން އިއްޔެ މެންދުރު އެކުލަވާލި ޓީމަކާއި ދެކޮޅަށް ގޯލު ފުންޏެއް އޮއްސާލާނެކަމަށް ގިނަބަޔަކު އަންދާޒާކުރިއެވެ.

_87A7460.jpg

އިއްޔެގެ މެޗުގެ ތެރެއިން ފެނިގެންދިޔައީ ނިއުރޭޑިއަންޓް ކުޅުންތެރިންގެ އާދަޔާޚިޔާފު ހިތްވަރެއް.

Ad by Hajj Corporation

Ad by Hajj Corporation

 

ނަމަވެސް އިއްޔެ ހަވީރު ފެނިގެންދިޔައީ ނިއުރޭޑިއަންޓް ގެ ކުޅުންތެރިންގެ އާދަޔާ ޚިޔާފު ހިތްވަރެކެވެ. މެޗު ފެށިގެން 5 މިނެޓު ތެރޭގައި މާޒިޔާއިން ގޯލުޖެހިނަމަވެސް ފުރަތަނަ ހާފު ނިމުމާއި ހަމައަށް ނިއުރޭޑިއަންޓުގެ ކުޅުންތެރިންގެ ފަރާތުން އެދެވޭ ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އިއްޔެގެ މެޗު 5-1 އިން ނިމިގެންދިޔަސް ނިއުރޭޑިއަންޓް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރާ ސަޕޯޓަރުންނަށް ދެއްވި އުއްމީދަށް ތަޢުރީފު ޙައްޤެވެ.

_87A7336.jpg

ނިއުރޭޑިއަންޓްގެ ޓީމު އެކުލަވާލެވުނުތާ ވިއީ އަދި އެންމެ ހަފްތާއެއް.

_87A7851.jpg

ޓީމުގެ ޒުވާން ކުލުންތެރިންގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވޭ

 

ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ފުރަތަމަ ޑިވިޝަނުން ބާކީކުރިތާ 6 އަހަރުވ ވެފައިވާއިރު، ކުލަބު އޮތް ހާލަތުން ރަނގަޅު ޙާލަތަކަށް ބަދަލުކޮށް، ކުލަބު ފުރަތަމަ ޑިވިޝަނަށް ގެނެސް ކުލަބުގެ ކުރީގެ ފޯރިއާއި ޖޯޝު ގެނައުމަށް ކުލަބުގެ މިހާރުގެ މެނޭޖްމަންޓުންދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ. ފުރަތަމަ ޑިވިޝަނަށް ނިއުރޭޑިއަންޓް ގެނެސް ނިއުރޭޑިއަންޓާ ވާދަވެރި އެހެން ކުލަބުތައް ކަމަށްވާ ވިކްޓްރީ އާއި ވެލެންސިއާ އާއެކު ވާދަވެރި ލީގެއް އުފެއްދުމަކީ ރާއްޖޭގެ ފުޓްބޯޅަ އަށް އަދި ޚާއްސަކޮށް ރާއްޖޭގެ ޤައުމީޓީމަށް މިކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރުވާނެ ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބުރު ބަލިކޮށް ނިއުއިން މުހިންމު މޮޅެއްކުޅިވަރު | ދުވަހެއް ކުރިންނިއުރޭޑިއަންޓު މިހާ ހިސާބަށް ގެނެސްދޭން މަސައްކަތްކުރި އެންމެންނަށް ކުއީން ވަހީދުގެ ޝުކުރުކުޅިވަރު | 12 ދުވަސް ކުރިންއުއްމީދުކުރި ވަރަށް މީހުން ދަނޑަށް ވަތް، އިހުއޮތް ފޯރި ގެނެވޭނެ، ފެންނަނީ އުއްމީދީ މަންޒަރެއް: މުބީންކުޅިވަރު | 13 ދުވަސް ކުރިންބްރޭކަށް ދިޔައިރު ރަނގަޅުކުރަން ބޭނުންވި ގިނަ ކަންކަން ޕޮޒިޓިވްކޮށް ދިޔަ: ސުޒެއިންކުޅިވަރު | 13 ދުވަސް ކުރިން