logo
MPL

MPL

ކުޅިވަރު

ބްރޫނޯ ފެނާންޑޭޒް ގެ ސޮއި ހޯދުމަށް ސަޢޫދީއިން ގަދަކޮށް ނިކުމެއްޖެ

އަބްދުﷲ ޣާނިމް
6 މޭ 2025 - 06:03
ބްރޫނޯ އަކީ ފާއިތުވެދިޔަ 5 ސީޒަނުގައި ޔުނައިޓެޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ. ފޮޓޯ: ގޯލް
ބްރޫނޯ އަކީ ފާއިތުވެދިޔަ 5 ސީޒަނުގައި ޔުނައިޓެޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ. ފޮޓޯ: ގޯލް

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ސަޢޫދީ ޕްރޯ ލީގުގެ ކުލަބު އަލް-ހިލާލްއަށް ގެންދިއުމަށް އެ ކުލަބުން މަސައްކަތް ފަށައިފިއެވެ. ކުރިޔަތްއޮތް ޓްރާންސްފަރ ވިންޑޯގައި އެ ކުލަބުން އަމާޒު ހިފާފައިވާ މައި ސޮއިތަކުގެ ތެރޭގައި ޕޯޗުގީޒް މިޑްފީލްޑަރު ހިމެނެއެވެ.

ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ބްރޫނޯއަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައި ދެކޭ ކަމަށާއި، އޭނާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ސާފުކޮށް ބުނެފައެވެ. ފެބްރިޒިއޯ ރޮމާނޯ ރިޕޯޓުކުރި ގޮތުގައި މިހާތަނަށް ދެ ކުލަބުގެ ދެމެދުގައި އެއްވެސް ރަސްމީ މަޝްވަރާއެއް ކުރިއަށް ގޮސްފައި ނުވާ އިރު، އެއްވެސް ބިޑެއްވެސް ހުށަހަޅާފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުނައިޓެޑްގެ އައު މެނޭޖަރު ރޫބެން އަމޮރިމްވެސް ވަނީ ބްރޫނޯއަކީ އޭނާގެ ކުރިއަށް އޮތް ޕްލޭންތަކުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައި ފާހަގަކޮށްފައެވެ. އެހެންކަމުން އަލް-ހިލާލްއަށް ބްރޫނޯގެ ސޮއި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބެލެވެއެވެ.

ބްރޫނޯ ފެނާންޑޭޒްއަކީ 2020 ވަނަ އަހަރު ސްޕޯޓިންގ ލިސްބަންއިން ޔުނައިޓެޑްއާ ގުޅުނު ފަހުން ޓީމުގެ އެންމެ އިސް ކުޅުންތެރިންގެ ތެރެއިން އެކަކަށް ވެފައިވާ ކުޅުންތެރިއެކެވެ. އޭނާ މިހާރު ހުރީ 2026 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 17 ގަޑިއިރު ކުރިންފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | 2 ދުވަސް ކުރިންޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 6 ދުވަސް ކުރިންމެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން ހޮހޮޅައިގައި ތިބެ، އެހީއަށްއެދި އާދޭސްކުރަނީކުޅިވަރު | 11 ދުވަސް ކުރިން