logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވަޒޫ އަށްވުރެ ގިނަ ތަށި ނަގަން ކުރިމަސައްކަތް ނާކާމިޔާބުވެ ބާސާ ގެޔަށް، އިންޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
6 މޭ 2025 - 22:28
އިންޓަރ މިލާނުގެ ފަހުގޯލު ކާމިޔާބުކުރަނީ. ފޮޓޯ: ޔުއޭފާ
އިންޓަރ މިލާނުގެ ފަހުގޯލު ކާމިޔާބުކުރަނީ. ފޮޓޯ: ޔުއޭފާ

ރެއާލް މެޑްރިޑްގެ ވަޒްކޭޒް (ވަޒޫ) އަށްވުރެ ގިނަ ޗެންޕިއަންސް ލީގު (5) ނެގުމަށް ބާސެލޯނާއިން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ. އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުގައި ބާސެލޯނާ ވަނީ 3-4 އިން ބަލިވެފައެވެ. މިއާއެކު ބާސެލޯނާގެ 6 ވަނަ ޗެމްޕިއަންސް ލީގު ހޯދުމުގެ ހުވަފެން ވަނީ ފުނޑުފުނޑުވެގެން ގޮސްފައެވެ. އަދި މިއީ އިންޓަރ މިލާން 2010 ވަނަ އަހަރުގެ ފަހުން ޗެންޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2023 ވަނަ އަހަރު އިންޓަރ ވަނީ ފައިނަލުގައި ސިޓީ އާއި ވާދަކޮށް ބަލިވެފައެވެ.

މިދެޓީމު ވާދަކުރި ފުރަތަމަ ލެގު ނިމުނީ 3-3 އިންނެވެ. އެހެންކަމުން އިންޓަރ މިމެޗުން މޮޅުވުމާއެކު 6-7 ގެ އެގްރިގޭޓުން އެޓީމު ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި އިންޓަރ މިލާން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އެގޮތުން 21 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނެޒް ވަނީ އިންޓަރގެ ފުރަތަމަ ގޯލު ޖަހާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަކަން ޗަލްހަނޯލޫ ވަނީ ޕެނަލްޓީއަކުން އިންޓަރގެ ދެވަނަ ގޯލު ޖަހާފައެވެ.

ދެވަނަ ހާފުގައި ބާސެލޯނާ ވަނީ ކައިރި ކައިރީގައި ދެގޯލު ޖަހައި ކަމްބެކް ހަދާފައެވެ. 54 ވަނަ މިނެޓުގައި އެރިކް ގާސިއާ ވަނީ ވޮލީއަކުން ބާސާގެ ފުރަތަމަ ގޯލު ޖަހާފައެވެ. އޭގެ 7 މިނެޓު ފަހުން ދާނީ އޮލްމޯ ވަނީ ހެޑަރއަކުން ސްކޯރު އެއްވަރު ކޮށްފައެވެ. އަދި 87 ވަނަ މިނެޓުގައި ރަފިންހާ ވަނީ ބާސާގެ ތިންވަނަ ގޯލު ޖަހާފައެވެ.

ނަމަވެސް 94 ވަނަ މިނެޓުގައި އިންޓަރގެ ފްރަންޗެސްކޯ އަސެރބީ ވަނީ ސްކޯރު އެއްވަރު ކޮށްފައެވެ. އެކްސްޓްރާ ޓައިމްގައި ފްރަޓެސީ ވަނީ އިންޓަރގެ ކާމިޔާބީގެ ގޯލު ޖަހާފައެވެ.

މި ބައްޔާއެކު ބާސެލޯނާއިން މި ސީޒަނުގައި ތިން ތަށި (ޓްރެބްލް) ހޯދަން ކުރި މަސައްކަތްވަނީ ފެއިލްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް އާއި ރަފީނިއާގެ މޮޅު ކުޅުމާއެކު ނިއުކާސަލް ހަމަބިމަށް ތިރިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށްކުޅިވަރު | 2 ދުވަސް ކުރިންމެސީ ބޭރުކުރި ލަޕޯޓާއަށް އަނެއްކާވެސް ބާސެލޯނާގެ ރައީސްކަންދީފިކުޅިވަރު | 5 ދުވަސް ކުރިންޕެނަލްޓީ އެފްސީކަމަށް ބާސެލޯނާއިން ރެއާލް މެޑްރިޑްއާއި ވާދަކުރަނީކުޅިވަރު | 5 ދުވަސް ކުރިންރެއާލްގެ ނުފޫޒުން ލިގު ހިންގާކަމަށް ތުހުމަތުކުރާ ޓެބާސް އެންމެފަހުން ބާސެލޯނާގެ ރައީސްގެ ދިފާއުގައި ނިކުމެއްޖެކުޅިވަރު | 10 ދުވަސް ކުރިން