logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެކްސީ ލައިނުގެ ސަބަބުން މިހާރު ޓެކްސީ ޚިދުމަތް ދެމުންދާ ފަރާތްތަކަށް ގެއްލުމެއް ނުވާނެ: ޓްރާންސްޕޯޓު މިނިސްޓަރު

ޓެކްސީ ލައިނުގެ ސަބަބުން މިހާރު ޓެކްސީ ކުރަމުންދާ ފަރާތްތަކަށް ގެއްލުމެއް ނުވާނެ: މިނިސްޓަރު

ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިނުގެ ސަބަބުން މިހާރު ޓެކްސީ ޚިދުމަތް ދެމުންދާ އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޓެކްސީ ލައިނަކީ އެ ޚިދުމަތުން ލިބޭ އާމްދަނީން ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ޚިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މި ޚިދުމަތް ފެށުމަށްޓަކައި ކެޕިޓަލް އިންވެސްޓްމަންޓުޓުގެ ގޮތުގައި ސަރުކާރުން އެމްޓީސީސީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، މާލޭ ސަރަހައްދުގައި ފަށާ ޓެކްސީ ލައިނުގެ ސަބަބުން މިހާރު ޓެކްސީ ޚިދުމަތް ދެމުންދާ ފަރާތްތަކަށް އެ ޚިދުމަތުގައި ދެމިތިބުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި މިހާރު ޚިދުމަތް ދޭ ފަރާތްތަކަށް އައު ޓެކްސީ ލައިނުގެ ވަޒީފާއާވެސް ގުޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓެކްސީ ލައިނަށް 100 ޓެކްސީ ތަޢާރަފުކުރުމުގެ މަޤްޞަދަކީ ވެސް މިހާރު ޚިދުމަތް ދެމުންދާ ފަރާތްތަކަށް ދަތިނުވާނުވާނެހެން ޚިދުމަތް ތަޢާރަފުކުރުން ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފުކުރުމުގެ މަޤްޞަދަކީ މިހާރު އެކަންކުރާ ފަރާތްތައް ހުއްޓުވުން ނޫންކަން ތަކުރާރުކޮށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ލައިން ޚިދުމަތަށް ނެރުމުން، އަމިއްލައަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކާރުތަކާއި ސަރުކާރުގެ ޓެކްސީ ލައިނުގެ ކާރުތައް ގުޅިގެން ދިއުމުން މާލޭގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ޓެކްސީ ލައިނު ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ މާލެއިން ޓެކްސީ ނުލިބުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ 100% ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައްވައިފިޚަބަރު | 20 ގަޑިއިރު ކުރިންސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއްޚަބަރު | ދުވަހެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 4 ދުވަސް ކުރިންމަޖިލީހުން ވަޒީރުންނަށް ރުހުން ދީފިޚަބަރު | 7 ދުވަސް ކުރިން